ކުޅިވަރު

ބާސްކެޓްބޯޅަ އިންތިހާބުގައި ވޯޓް ލެވޭނީ 18 ކްލަބަކަށް

މުހައްމަދު ހަމްދޫން
08 މެއި 2012 13:49
  • ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރެޑްލައިނާއި ހަރިކޭން ކުޅެނީ: ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި މި ދެ ކްލަބަށް ވޯޓް ދެވޭނެ. --ހަވީރު ފައިލް ފޮޓޯ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބުގައި ވޯޓް ލެވޭނީ 18 ކްލަބަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައި ބުނަނީ އިންތިހާބުގައި ވޯޓް ލެވޭނީ އިންތިހާބުގެ ދެ އަހަރު ކުރިން ފެށިގެން އިންތިހާބާ ދެމެދު ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތަކުގެ ތެރެއިން މަދުވެގެން އެއް މުބާރާތުގައި ވާދަކޮށް އަދި މެމްބަޝިޕް ފީ ދައްކައި ހަރަކާތްތެރިކޮށް އޮތް ކްލަބްތަކަށް ކަމަށެވެ.

ވޯޓް ދެވޭ 18 ކްލަބަކީ ބީޖީ ސްޕޯޓްސް، ކްލަބް އެޗްޑީސީ، ކްލަބް ވެލެންސިއާ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ޑީބީސީ، ދިވެހި ސިފައިންގެ ކްލަބް، ގޫޑީސް ސްޕޯޓްސް ކްލަބް، ހަރިކޭން ބީސީ، އެލްކިއު ސްޕޯޓްސް ކްލަބް، އެލްޓީ ސްޕޯޓްސް ކްލަބް، އެމްއެސް ހެލްޕިން ހޭންޑް، ޕޮލިސް ކްލަބް، ރެޑްލައިން، ޓީރެކްސް، ޔޫއެން ފްރެންޑްސް އަދި ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ އަދި ވިޔަންސާ އެވެ.

މި މަހުގެ 14 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް މަގާމުގައި ހުންނެވި އަހުމަދު ހާފިޒާއި މިހާރުގެ ނައިބް ރައީސް އަހުމަދު އިސްމާއިލް އެވެ. ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އާމިރު (އައްލޯ) އާއި އަލީ ނަސީރެވެ.

މީގެ އިތުރުން ހަޒާންދާރާއި އެގްޒެކެޓިވް ކޮމެޓީއަށް ކްލަބްތަކުން ފަސް މެމްބަރުން އަދި އަމިއްލަ އެއް މެމްބަރަކު ހޮވާނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި