އޭއެފްސީ 22 އަހަރުން ދަށުގެ މުބާރާތް

އީރާނުން ރާއްޖެ ކޮޅަށް ހަތް ލަނޑު ޖަހައިފި

ހަސަން ޝިފާން
ހަވީރު ނިއުސް ސާވިސް، 28 ޖޫން 2012 20:28 8 ކޮމެންޓު
  • ލަންކާގެ 22 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ނުކުތް ރާއްޖޭގެ 22 އަހަރުން ދަށުގެ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން. -- ހަވީރު ފައިލް ފޮޓޯ

އޭއެފްސީ 22 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ގުރޫޕް ސީގައި އީރާންގެ 22 އަހަރުން ދަށުގެ ޓީމު އަތުން 7- 0 އިން ރާއްޖޭގެ 22 އަހަރުން ދަށުގެ ޓީމު މިއަދު ބަލިވެއްޖެ އެވެ.

މެޗުގެ ހަތް ވަނަ މިނިޓުގައި އީރާނަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ޕަޔަމް ސަދެގިއާނެވެ. އަދި ފުރަތަމަ ހާފުގައި ކަވޭ ރެޒައީ އާއި މޮރޭތާ ތަބްރީޒީ ވަނީ އީރާނަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ދެވަނަ ހާފުގައި ތަބްރީޒީ އިތުރު ލަނޑެއް ކާމިޔާބުކުރިއިރު މިލާދު ގަރީބީ ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އީރާންގެ ހަތް ވަނަ ލަނޑު ކާމިޔާބުކުރީ ދަހްރަމް ދަބާގެވެ.

ގުރޫޕް ސީގައި ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގަތަރު އަތުން 2- 0 އިން ރާއްޖެ ބަލިވިއިރު، ދެވަނަ މެޗުގައި ތަޖިކިސްތާން އަތުން 2- 1 އިން ބަލިވީ ރާއްޖޭގެ ކުޅުންތެރިއެއްގެ އަތުން މެޗުގެ އިތުރު ވަގުތުގައި ވަތް ލަނޑަކުންނެވެ.

މި ގުރޫޕްގައި ރާއްޖެ ކުޅޭ ހަތަރު ވަނަ މެޗުގައި އާދިއްތަ ދުވަހު ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ބަހުރޭނެވެ. އަދި ގުރޫޕްގައި ރާއްޖެ ކުޅެންޖެހޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެއާ ވާދަކުރާނީ ކުވޭތެވެ.

އީރާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11:

އަބްދުﷲ ފަޔާޒް (ގޯލްކީޕަރު)

މުހައްމަދު ތޯރިގް

އަމްދާން އަލީ

ރިލްވާން ވަހީދު (ރިލޭ)، ކެޕްޓަން،

ސަމްދޫހް މުހައްމަދު

މުހައްމަދު ތަސްމީން

އަހުމަދު ވިސާމް

މުހައްމަދު އިރުފާން

ގުރެއިޝް އަބްދުލް ރައްޒާގް

މޫސާ ޔާމިން

ހަސަން ވިސާލް

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait