އެމްބީއޭ

އެމްބީއޭ ކޯޗާސް ކޮމިޝަނަށް މެމްބަރުން އިންތިހާބުކޮށްފި

މުހައްމަދު ހަމްދޫން
05 އޯގަސްޓް 2012 14:24
  • އެމްބީއޭ ޗެމްޕިއަންޝިޕުގައި ޓީރެކްސްގެ އިއްލެ (ވ- 2) އަތުން ބޯޅަ ހޯދަން ރެޑްލައިނުގެ ކުޅުންތެރިން މަސައްކަތްކުރަނީ: އިއްލެ ވަނީ ކޯޗާސް ކޮމިޝަނަށް އިންތިހާބުވެފައި. --ހަވީރު ފައިލް ފޮޓޯ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ކޯޗާސް ކޮމިޝަނަށް ރޭ މެމްބަރުން އިންތިހާބުކޮށްފި އެވެ.

ކޮމިޝަނަށް އިންތިހާބުވި ހަތަރު މެމްބަރުންނަކީ ޓީރެކްސްގެ ކޯޗު އިބްރާހިމް ނާހިދާއި އެ ޓީމަށް ކުޅޭ އިލްޔާސް އިބްރާހިމް (އިއްލެ) އާއި އަހުމަދު ފިރާޝް އަދި ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ކޯޗު ޝިޒްނާ ރަޝީދު (ޝިޒޫ) އެވެ. މި މަގާމަށް ޖުމްލަ އަށް ކޯޗުން ވާދަކުރި އެވެ.

އެމްބީއޭގައި ރެޖިސްޓްރީކޮށްފައިވާ 63 ކޯޗުންގެ ތެރެއިން ރޭގެ އިންތިހާބުގައި 49 ކޯޗުން ވޯޓުލި އެވެ.

ކޯޗާސް ކޮމިޝަނުގެ ރައީސަކަށް އެމްބީއޭގެ އެގްޒެކެޓިވް ކޮމެޓީން ކުރިން އައްޔަންކޮށްފައިވަނީ އަހުމަދު ނަޒީފެވެ.

ކޯޗާސް ކޮމިޝަންގެ އިންތިހާބާ ފުށުއެރުމުން، ރޭ ބާއްވަން އޮތް ޓީރެކްސް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ވަނީ ފަސްކޮށްފަ އެވެ. ޓީރެކްސް އިން ބުނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ އެ އިވެންޓް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި