ވެޓަރަންސް ކަޕް

ޝާހުގެ ދެ ލަނޑާ އެކު އޭވައިއެލް އަތުން މާޒިޔާ މޮޅުވެއްޖެ

ހަސަން ޝިފާން
05 އޯގަސްޓް 2012 14:45
  • މާޒިޔާގެ ޝާހު އޭވައިއެލްގެ ގޯލަށް ބޯޅަ ވައްދާލަނީ: މި މެޗުން މާޒިޔާ މޮޅުވީ 3- 1 އިން. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ނަލަހިޔާ ވެޓްރަންސް ކަޕުގައި އިއްޔެ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 3- 1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހު އިސްމާއިލް (ސާޔާ) ވަނީ މި މެޗުގައި މާޒިޔާ އަށް ދެ ލަނޑު ޖަހައިދީފަ އެވެ. އަދި މާޒިޔާގެ އަހުމަދު ރިޔާޒް ވެސް ވަނީ މެޗުގައި ލަނޑެއް ޖަހައިފަ އެވެ. އޭވައިއެލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ނީޝާމެވެ.

މެޗުން މޮޅުވެ މާޒިޔާ ތާވަލްގެ ތިން ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ. ދެ އަހަރު ޗެމްޕިއަން ވެލެންސިއާ އޮތީ 10 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައިގަ އެވެ. ނުވަ ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ. އީގަލްސް އާއި ނިއު ރޭޑިއަންޓް އަދި ވިކްޓަރީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތާވަލްގެ ފުލުގައި އޮތް އޯލް (އޭވައިއެލް) އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ލީގުގައި މިއަދު ކުޅޭ މެޗުގައި ވިކްޓަރީ އާއި ސިފައިންގެ ކްލަބް ކުރިމަތިލާއިރު، މާދަމާ ކުޅޭ މެޗުގައި ނިއުއާ ދެކޮޅަށް ނުކުންނާނީ ވެލެންސިއާ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި