ނިއުރޭޑިއަންޓް ސ.ކ

އަކްރަމް ނިއު ރޭޑިއަންޓާ ގުޅިއްޖެ

މުހައްމަދު ހަމްދޫން
20 ޖޫން 2013 18:17 16 ކޮމެންޓު
 • އަކްރަމް (ކ) ނިއުގެ ކޯޗާއެކު. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ވެލެންސިއާގެ މިޑްފީލްޑަރު އަކްރަމް އަބްދުލް ގަނީ މިއަދު ނިއު ރޭޑިއަންޓާ ގުޅިއްޖެ އެވެ.

ވެލެންސިއާ އިން ރިލީޒް ހޯދައިގެން ނިއުއާ ގުޅުނު އަކްރަމް ނޫސްވެރިންނަށް ތައާރަފްކުރަން މިއަދު ބޭއްވި ބައްދަލުވުމުގައި ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ އަކްރަމް ގުޅުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާގެ ސަބަބުން ޓީމު ވަރުގަދަ ވެގެންދާނެ ކަމަށެވެ.

"އަކްރަމް އަނެއްކާ ވެސް ނިއުއާ ގުޅުނީމާ އުފާވޭ. ނިއުގެ 13 ނަމްބަރު ސީޒަން ފެށުނީއްސުރެ ހުސްކޮށް ބާއްވާފައި އޮތީ ވެސް. އަކްރަމް ހުރީ ސީޒަން ފެށިއިރު ވެސް އަންނަ ހިތުން. އެކަމަކު އޭނާގެ ބޭބެ (އައްސަދު) ރިޓަޔާކުރާ އަހަރު ވީމާ ވެލެންސިއާ އަށް ދިޔައީ. އޭނާ އައުމާއެކު އޭއެފްސީ ކަޕުގައި ކުޅޭއިރު އިތުރު ހިތްވަރެއް ލިބޭނެ،" ބަލަކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންޓްރެކްޓުގެ ތަފްސީލަށް ދާން ބޭނުންނުވާ ކަމަށާއި އަކްރަމް އެ ކްލަބުގައި ގިނަ ދުވަސްތަކެއް ވަންދެއް ދެމި ހުންނާނެ ކަމަށެވެ.

އަކްރަމް ބުނީ ނިއު އަށް ބަދަލުވީ ފުޓްބޯޅައިގައި ކުރިއަށް ދާން ބޭނުންވާތީ ކަމަށާއި މިއީ ކުރިއަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ އަނެއްކާ ވެސް އުމެއިރުއާ އެއްކޮށް ކުޅެން ފުރުސަތު ލިބުނީމާ،" އަކްރަމް ބުންޏެވެ.

ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނީ ވެލެންސިއާގެ ޕްރެކްޓިހުން އަކްރަމް ފެނުނު ފުރަތަމަ ދުވަހު ވެސް އޭނާ ގެންނަން ބޭނުންވި ކަމަށާއި އަކްރަމްއާ އެކު ނިއު އޭއެފްސީ ކަޕަށް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.

ބަލަކް ބުނީ އިތުރު ކުޅުންތެރިއެއް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާލީ މައްސަލަތައް ކުރިމަތިވެފައިވާ ވެލެންސިއާ ދޫކޮށް މުޚުތާރު ނަސީރު (ޓޫކިލޯ) މާޒިޔާ އަށް ބަދަލުވެފައިވާއިރު ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ވީބީ އަށް ބަދަލުވެފަ އެވެ.

ވެލެންސިއާ އިން ކެރިއަރު ފަށައި ކުރިން ނިއު އާއި މާޒިޔާ އަށް ކުޅުނު އަކްރަމް މި އަހަރު ވެލެންސިއާއާ ގުޅުނީ ވިކްޓަރީ އަށް ކުޅުމަށް ފަހު އެވެ. އޭނާ އަކީ ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

16 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait