މަކާއޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ވާދަކުރަމުން އެބަދެ އެވެ.
ރާއްޖޭގެ ޓީމުގައި ފިރިހެން ތިން ކުޅުންތެރިންނާއި އަންހެން ތިން ކުޅުންތެރިންނާ އެކު ޖުމްލަ ހަ ކުޅުންތެރިން ހިމެނެ އެވެ. ފިރިހެން ތިން ކުޅުންތެރިންނަކީ ތަމޫހު މުހައްމަދު ސައީދު (ތަމޫ) އާއި މުހައްމަދު ޒީސްތު ނަސީމާއި މުހައްމަދު މައިޒަރު އާދަމް ޒާހިރެވެ. އަންހެން ތިން ކުޅުންތެރިންނަކީ މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ ޝަރީފް އަދި އައިޝަތު ނިޝާ އެވެ.
މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރަނީ ސިންގަލްސް އިވެންޓްތަކުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށި މުބާރާތް ކުރިއަށްދާނީ މާޗު އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ކުޅުންތެރިން ބައެއް މެޗު ކުޅެފައިވާއިރު އެސޯސިއޭޝަނަށް މިހާތަނަށް ރަސްމީ ނަތީޖާތަކެއް ނުލިބެ އެވެ.
މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސިންގަލްސް އިވެންޓުން މުއީނާ ރިހި މެޑަލް ހޯދިއިރު ފާތިމަތު ޖުމާނާ ނިމާލް ވަނީ އެ އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. އެސޯސިއޭޝަނުން އޭރު ބުނީ އެ ކާމިޔާބީއާ އެކު 2015 ވަނަ އަހަރުގެ ގޭމްސް އަށް ތައްޔާރުވާން ފަށާފައިވާ ކަމަށާއި އެކަމަށް މިހާރުން ފެށިގެން ޕްލޭންތައް ކުރަމުން އަންނަ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
1 comment