ނަލަހިޔާ ވެޓަރަންސް ކަޕުގެ ދެ ވަނަ ސެމީ ފައިނަލުގައި އިއްޔެ މާޒިޔާ އަތުން 4- 3 އިން މޮޅުވެ ވިކްޓަރީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މާދަމާ ހަވީރު އޮންނަ ފައިނަލުގައި ވިކްޓަރީ ވާދަކުރާނީ ވެލެންސިއާއާ އެވެ. މިދިޔަ ދެ އަހަރު ވެސް މި ދެ ޓީމު ފައިނަލުގައި ވާދަކުރިއިރު މޮޅުވީ ވެލެންސިއާ އެވެ.
މި މެޗުގައި ވިކްޓަރީ އަށް ލަނޑު ޖަހައިދިނީ އަލީ ސުޒޭނާއި އިސްމާއިލް އަނިލް އާއި އަބްދުﷲ ރަޝީދެވެ. އެ ޓީމުގެ އަނެއް ލަނޑަކީ މާޒިޔާގެ އިސްމާއިލް މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މާޒިޔާ އިން ލަނޑު ޖެހީ، ދެ ލަނޑު ޖެހި ޝާހު އިސްމާއިލް (ސާޔާ) އާއި އިސްމާއީލް މަހެފޫޒް (އިންމަ) އެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އެފްއޭއެމް އިން 2009 ވަނަ އަހަރު ތައާރަފްކުރި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ އިތުރުން މި އަހަރު ވާދަކުރީ ދިވެހި ސިފައިންގެ ކްލަބެވެ.

ފޮޓޯ އިން ހަބަރު
0 comment