ލަންޑަން އޮލިމްޕިކްސް

ފަހަތުން އަރައި ބްރެޒިލް ބަލިކޮށް ރަޝިއާ ރަން މެޑަލް ހޯދައިފި

ހަސަން ޝިފާން
13 އޯގަސްޓް 2012 12:45
  • ބްރެޒިލްގެ ކުޅުންތެރިއެއް (ވ) ޖަހާ ޝޮޓެއް ބްލޮކްކުރަން ރަޝިއާގެ ކުޅުންތެރިން މަސައްކަތްކުރަނީ: މި މެޗު 3- 2 ސެޓުން ކާމިޔާބުކުރީ ރަޝިއާ. -- ފޮޓޯ / އޭއެފްޕީ

  • ރަޝިއާގެ ކުޅުންތެރިއެއް (މ) ޖަހާ ޝޮޓެއް ބްލޮކްކުރަން ބްރެޒިލްގެ ކުޅުންތެރިން މަސައްކަތްކުރަނީ: މި މެޗު 3- 2 ސެޓުން ކާމިޔާބުކުރީ ރަޝިއާ. -- ފޮޓޯ / އޭއެފްޕީ

  • ބްރެޒިލްގެ އަތުން މޮޅުވުމަށް ފަހު ބްރެޒިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: މި މެޗު 3- 2 ސެޓުން ކާމިޔާބުކުރީ ރަޝިއާ. -- ފޮޓޯ / އޭއެފްޕީ

  • ބްރެޒިލްގެ އަތުން މޮޅުވުމަށް ފަހު ބްރެޒިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: މި މެޗު 3- 2 ސެޓުން ކާމިޔާބުކުރީ ރަޝިއާ. -- ފޮޓޯ / އޭއެފްޕީ

ލަންޑަން (އޮގަސްޓް 13) - ލަންޑަންގައި ކުރިއަށްދިޔަ އޮލިމްޕިކް ގޭމްސްގެ ފިރިހެން ވޮލީބޯލް ފައިނަލްގައި އިއްޔެ ފަހަތުން އަރައި ބްރެޒިލް އަތުން 3- 2 ސެޓުން މޮޅުވެ، ދުނިޔޭގެ ޗެމްޕިއަން ރަޝިއާ އޮލިމްޕިކްގެ ރަން މެޑަލް ހޯދައިފި އެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު ބްރެޒިލް އިން ގެންދިޔައީ 25- 19 އަދި 25- 20 އިންނެވެ. އަދި ތިން ވަނަ ސެޓުގައި 22- 19 އަށް ސްކޯ ދިއުމުން، ރަޝިއާ އަށް މެޗު ގެއްލުނު ކަމަށް ބެލެވުނެވެ. އެކަމަކު މެޗުން މޮޅުވާން އެންމެ ތިން ޕޮއިންޓަށްވެފައި ވަނިކޮށް ބްރެޒިލްގެ އަތުން މެޗު ވަނީ ގެއްލިފަ އެވެ. ބްރެޒިލް އަށް ތިން ވަނަ ސެޓުގައި މެޗު ނިންމަން ދެ ފަހަރަކު ލިބުނެވެ. އެކަމަކު 24- 23 އަދި 25- 24 ގައި އޮތްއިރު ވެސް، ބްރެޒިލް އަށް މެޗު ޕޮއިންޓެއް ކާމިޔާބެއް ނުކުރެވުނެވެ.

ރަޝިއާގެ ސްޕައިކާ ޑިމިޓްރީ މުސެރިސްކީގެ ހޫނު ހަމަލާތަކާ އެކު ރަޝިއާ އިން މެޗުގެ ތިން ވަނަ ސެޓު ކާމިޔާބުކުރީ 27- 29 އިންނެވެ. އަދި ހަތަރު ވަނަ ސެޓު 22- 25 އިން ކާމިޔާބުކުރުމަށް ފަހު، ރަޝިއާ ރަން މެޑަލް ހޯދީ ފަސް ވަނަ ސެޓު 9- 15 އިން ކާމިޔާބުކުރުމަށް ފަހު އެވެ.

މެޗަށް ފަހު ރަޝިއާގެ ކޯޗު ވަލްޑިމިއާ އަލެންކޯ ބުނީ މެޗުގެ ފުރަތަމަ ދެ ސެޓު ގެއްލިފައިވަނިކޮށް މެޗުން މޮޅުވުމަކީ އޭނާ އަށް ވެސް ލިބުނު ހައިރާންކަމެއް ކަމަށެވެ.

މިއީ އޮލިމްޕިކްގެ ފައިނަލްގައި ބްރެޒިލް ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ.

ބްރެޒިލްގެ ކޯޗު ބެނާޑޯ ބުނީ ބްރެޒިލް އިން ދެން ވިސްނާނީ އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބާއްވާ އޮލިމްޕިކް ގޭމްސް އަށް ކަމަށެވެ.

"އަހަރެމެން އެނބުރި ގައުމަށް މި ދަނީ ހިތި ނަތީޖާއަކާ އެކު. އެކަމަކު ޓީމާމެދު ފަހުރުވެރިވަން. އަހެރެމެންނަށް ދެން ބެލޭނީ ރިއޯ ( 2016) އަށް،" ބެނާޑޯ ބުންޏެވެ.

އަންހުނުންގެ ވޮލީގެ ފައިނަލްގައި އެމެރިކާ ބަލިކޮށް ރަން މެޑަލް ހޯދީ ބްރެޒިލް އެވެ. -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި