ގޫގަލް ކްލައުޑް ސްޓޯރޭޖް ސާވިސް، ގޫގަލް ޑްރައިވްގައި ރަސްމީ ސިފަ ޖައްސައި އާންމުކޮށް ބޭނުންކުރުމަށް ދޫކޮށްލައިފި އެވެ. މާނަ އަކީ އެންޑްރޮއިޑް ޑިވައިސްއެއް އޮތް ނަމަ ފައިލްތައް ބަހައި ކޮޕީކޮށް ރައްކާކުރަން އިތުރު ފުރުސަތެއް ލިބުނީ އެވެ.
ޑެސްކްޓޮޕް އެޕްލިކޭޝަނެއް ގޮތުގައި ވިންޑޯޒް އާއި މެކް އަށް ދޫކޮށްފައިވާ މޮޑިއުލް ބޭނުންކުރަން ވަރަށް ފަސޭހަ ކަމަށް ތަޖުރިބާކުރި މީހުން ބުނެ އެވެ. މަސްރަހު ބަލާ މީހުން ބުނާ ގޮތުން ގޫގަލް ޑްރައިވް، ޑްރޮޕްބޮކްސް އަށް ވަރަށް ބޮޑު ވާދައަކަށް ވާނެ އެވެ.
ފުރަތަމަ ފިޔަވަހީގައި ފައިވްޖީބީ ސްޓޯރޭޖް ލިބުނު ނަމަ ވެސް ވާދަވެރި ޚިދުމަތްތަކަށް ގެންނަ ބަދަލުތަކުން ގޫގަލް ޑްރައިވް އަށް ވެސް ބަދަލު ގެންނާނެ އެވެ. ޑްރޮޕްބޮކްސް ބޭނުންކުރާ މީހުން ހިތްޖައްސައި އެ ޚިދުމަތާ ފޭކުރުމަށް ޖާގަ އިތުރުކުރާނެ ކަމަށް ވެސް ބެލެވެ އެވެ. ބޭނުންކުރާ މީހުން އިތުރުކުރަން ގޫގަލުން ގެންގުޅޭ އެންމެ ބޮޑު ރޭވުންތެރިކަމަކީ އިންޓަފޭސް ފަސޭހަކުރުމެވެ.
އަމިއްލަ ކޮމްޕިއުޓަރުގައި ފައިލްތައް ކޮޕީކުރުމަށް ބޭނުންހިފޭ ޑްރެގް އެންޑް ޑްރޮޕް ފީޗާ ކްލައުޑް ޑްރައިވް އަށް ވެސް ދީފައިވެ އެވެ. ޑްރައިވް ވަނީ ގޫގަލް ޑޮކިއުމަންޓްސްއާ ގުޅުވާލާފަ އެވެ. އެހެންކަމުން ކުރިން ބޭނުންކުރި ގޫގަލް ޑޮކިއުމަންޓްތައް ޑްރައިވް ޚިދުމަތުގެ ތެރެއިން ބޭނުންހިފޭނެ އެވެ.
ގޫގަލް ޑްރައިވް އަކީ ބޭނުންކުރާ މީހުންނަށް ފަސޭހަ ޚިދުމަތަކަށް ހަދާނެ ކަަމަށް އެ ކުންފުނިން ބުނެ އެވެ. އެ ގޮތުގައި މޮބައިލް ޑިވަސްތަކަށް ގިނަ ފަސޭހަތައް ދޫކޮށްލަން ވަނީ ހަމަޖައްސާފަ އެވެ.

ފޮޓޯ އިން ހަބަރު
2 comments