ގޫގްލް

ގޫގަލް އާއި އޮރެކަލް: އެންޑްރޮއިޑް މައްސަލާގައި ތާށިވެފައި

އަހުމަދު ނިޔާޒް
02 މެއި 2012 08:47

އޮރެކަލް އިން ތުހުމަތުކުރާ ގޮތުގައި ގޫގަލް ސޮފްޓްވެއާ އިން އޮރެކަލްގެ ޖާވާ އެލެމެންޓްތައް ވަގަށް ނެގި އެވެ. އަދި އެންޑްރޮއިޑް މޮބައިލް ޕްލެޓްފޯމް އުފައްދާފައި ވަނީ އެ ކޯޑްތައް ހިމަނައިގެންނެވެ.

އޮރެކަލް އަށް ލައިސަންސް ފީ ދައްކަން ނުޖެހޭ ގޮތަށް ގޫގަލް އިން ޖާވާ އެލެމެންޓްތައް ބޭނުންކުރުމަކީ ފިކުރީ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބުނެ އޮރެކަލް އިން މައްސަލަ ކޯޓަށް ވަނީ ވައްދާފަ އެވެ.

ޖާވާ އޭޕީއައި، އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް، ބޭނުންހިފާފައި ވާނީ ހުއްދަ މިންވަރަށް ކަމަށް ގޫގަލް އިން ވެސް އެއްބަސްވެ އެވެ. އެ ބިންގަލުގެ މަތީގައި އަމިއްލަ އިންޖީނެއް ހިންގުމަށްޓަކައި ޖާވާއާ ތިމާގެ އެލެމެންޓްތައް އެކުލަވާލި ކަމަށް ވެސް ގޫގަލް އިން ބުނެ އެވެ. އެހެންކަމުން މައްސަލާގައި ރަނގަޅު ވާހަކަ ދައްކަނީ ކޮން ބައެއްކަން ކަނޑައެޅުމަށް ފަނޑިޔާރުންނަށް ވެސް ވަނީ އުނދަގޫވެފަ އެވެ.

މައްސަލާގައި ގޫގަލް ތާށިވެ ބެދިއްޖެ ނަމަ ވަރަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. އެހެން ނަމަވެސް ގޫގަލްގެ ވަކީލުން ބުނަނީ ހުއްދަ މިންވަރު ފަހަނައަޅައި ނުދާން ގޫގަލް އަށް ވެސް އެނގޭ ކަމަށެވެ. އެހެންކަމުން އެންޑްރޮއިޑަކީ ޖާވާއާ ގުޅޭ ޕްލެޓްފޯމަކަށް ހެދުމަށް ބޭނުންކުރި ފިކުރެއް ފިޔަވައި އޮރެކަލް ކޯޑެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެ އެވެ.

އޮރެކަލް އިން ބުނީ ހުއްދައާ ނުލައި އަދި ލައިސަންސް ފީ ދައްކަން ނުޖެހޭ ގޮތަށް ބޭނުންކުރެވޭނެ މިންވަރަށް ވުރެ އިތުރަށް ގޫގަލް އިން ބޭނުންކޮށްފައިވާ ކަމަށެވެ. ގޫގަލްގެ ބުނުން ސައްހަ ކަމަށް ބަލައިފި ނަމަ ލައިސަންސް އެއްބަސްވުންތައް ރޫޅި ހުރިހާ އެންމެން ވެސް "ހުއްދަ މިންވަރަށް" އެނބުރިދާނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި