ގޫގްލް

މޮޓޮރޯލާ އަކީ މިހާރު ގޫގަލްގެ އަމިއްލަ މުދަލެއް

އަހުމަދު ނިޔާޒް
23 މެއި 2012 08:55

މޮޓޮރޯލާ އަމިއްލަވެއްޖެ ކަމަށް ބުނެ ފަޚުރުވެރިކަމާ އެކު ގޫގަލުން ހިންދެމިލައިފި އެވެ.

ގޫގަލުން މޮޓޮރޯލާ މޯބިލިޓީ އަމިއްލަކުރަން މަސައްކަތް ފެށީ، އޮގަސްޓް 2011 ގަ އެވެ. އެގޮތުގައި މޮޓޮރޯލާ މޯބިލިޓީން ކަށަވަރުކޮށްފައި ހުރި ޕޭޓެންޓްތަކާއި މައުނަވީ މުދަލެއް ލިބިގަތުމަށް 12.5 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. މޮޓޮރޯލާ މޯބިލިޓީ ގައުމުތަކުގައި ފަށާފައި ހުރި ޕްރޮޖެކްޓްތައް އެ ގޮތުގައި ދަމަހައްޓައި ވަކިވަކި ހައްގުތައް ގޫގަލުން ވަނީ ހިމާޔަތްކޮށްފަ އެވެ. އެހެންކަމުން މޮޓޮރޯލާ ފެތުރިފައިވާ ހުރިހާ ދިމާއަކުން ގޫގަލް އަށް ވަނީ ފެހި ސިގްނަލްދީ ރުހުން ދީފަ އެވެ.

ގޫގަލުން މޮޓޮރޯލާ މޯބިލިޓީ ލިބިގަތުމާ އެކު ވަޒީފާތަކަށް ބަދަލު ގެނެސް ހައިރާކީ ވަނީ ބަދަލުކޮށްފަ އެވެ. އެ ގޮތުގައި ގޫގަލް އަށް ވަފާތެރި މީހުންނަށް ވަޒީފާތައް ދީ މުޅި ކުންފުނި ވަނީ ހަމައަކަށް އަޅުވާފަ އެވެ.

މޮޓޮރޯލާ މޯބިލިޓީ އަމިއްލަކުރަން ވިސްނާފައި ވަނީ މުދާ ގިނަކުރުމަށް ނޫން ކަމަށް ގޫގަލްގެ އެކްޒެކެޓިވް ޗެއާމަން ވިދާޅުވި ނަމަވެސް މޮޓޮރޯލާ ދެން ބަދަލުވެގެން ދާނީ މޮބައިލް ފޯން ކުންފުންޏަކަށް ކަމަށް ގޫގަލްގެ ރަސްމީ ބްލޮގްގައި ސީއީއޯ ލެރީ ޕޭޖް ވިދާޅުވެފައިވެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި