ސެމްސަންގް ގެލެކްސީ އެސް3

ސެމްސަންގް ގެލަކްސީ އެސް 3 އަށް ފާމްވެއާ އަޕްޑޭޓެއް

އަހުމަދު ނިޔާޒް
13 ޖޫން 2012 10:35 4 ކޮމެންޓު

ގެލަކްސީ އެސް 3 މާކެޓަށް ނެރެ ރަނގަޅަށް ހިންގައިނުލެވިގެން އުޅެނިކޮށް އެ ފޯނަށް ފާމްވެއާ އަޕްޑޭޓެއް ނެރުމުން އިހުސާސްތަކެއް ކުރެވެ އެވެ. ދުންޖަހާފައި ވިކެމުން އަންނަ އަދި ބޭނުންކުރާ މީހުން ހިތާ ހިތުން ހިތްހަމަޖެހިގެން ތިބި ގެލަކްސީ އެސް 3 އަށް އިތުރު ކުރިއެރުމެއް ބޭނުވާނެ ކަމަށް ފާޑުކިޔާ މީހުންނަށް ވެސް ބުނަން އުނދަގުލެވެ.

ގެލަކްސީ އެސް 3 އަށް ފާމްވެއާ އަޕްޑޭޓެއް ބޭނުންވެގެން އެ ވާހަކަ ދައްކާފައި ވެސް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ސެމްސަންގުން ވެސް އެއްޗެކޭ ކުރިން ނުބުނެ އެވެ. އެހެން ނަމަވެސް ސްކައި ނެޓްވޯކުން ސްވާލުކުރުމުން ސަމްސޮން ޔޫރަޕުން ބުނީ ފާމްވެއާ އަޕްޑޭޓެއް ނެރުނީ ގޯހެއް އުޅޭތީ ނޫން ކަމަށެވެ. އެކަމަކު އެ އަށް ވުރެ ހަރުދަނާ ނަމަ ބޭނުންކުރާ މީހުން އުފާވާނެ ކަމަށެވެ.

ގަބޫލްކުރެވޭ ގޮތުގައި ސެމްސަންގެ ގެލަކްސީ އެސް ތިނަކީ އެ ކުންފުންޏަށް ވެސް ބޮޑު ފަޚުރެކެވެ. އެޕަލް އައިފޯނަށް މީހުން ދޭ ސަމާލުކަމަށް ވުރެ ބޮޑު ތަނަވަސް އަޣުލަބިއްޔަތެއް ލިބުމުން ވީ އުފަލުގެ ރަމްޒަކަށް ފާމްވެއާ އަޕްޑޭޓެއް ދިނީ އެވެ. އިތުރު އެއްވެސް ކަމެއް ވެގެން ނޫނެވެ.

ބޭނުންކުރާ މީހުން ހިތްހަމަޖެހިގެން ތިބި ނަމަވެސް ސެމްސަންގަށް ކަމުނުދާ ކަމެއް އޮތީ ކަމަށް ވެސް ވެދާނެ އެވެ. އެހެންކަމުން ރަނގަޅަށް ވިކޭ ފޯނެއް ރަނގަޅަށް ވިއްކުމަށްޓަކައި އެކަން ކުރީ ކަމަށް ވެސް ބެލެވެ އެވެ. އަނެއް ކޮޅުން މިއީ އަހަރުތެރޭގައި އެޕަލް އެންމެ ބޮޑަށް ހަލަބޮލިވާ ދުވަސް ވަރަށް ވެފައި އެޕަލުން ދޫކޮށްފާނެ ކުޅަދާނަ ކަމަކަށްޓަކައި ވެސް ވާދަވެރިން ހުޝިޔާރުވާން ޖެހެ އެވެ. އެހެން ނޫނީ މާކެޓްގައި ސޮހި ފައިދާ ނުހެދިދާނެ އެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait