ރެސްޓޯރަންޓްތަކުން ލިބެން ހުންނަ އައިޓަމްތައް މެނޫ ފޮތުގައި ހުރެ އެވެ. ކާން ދާ މީހުންނަށް ފަސޭއަކަށެވެ. މެނޫ ފޮތުގެ ސަބަބުން ރެސްޓޯރަންޓްތަކަށް ވެސް ފައިދާކުރެ އެވެ. ސޫޕެއް ބޯން ދިޔަ ނަމަވެސް ހިތުގައި ނެތް ކިތަންމެ އެއްޗެއް ކެވެ އެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ދެކޭ ގޮތުގައި ކާން ލިބެން ހުރި އައިޓަމްތައް މެނޫއަކުން ދައްކާލުމަކީ މުހިންމު އެއްޗެކެވެ.
ނާސާއިން އިސްނަގައިގެން 2030 ގައި ޓޫރިސްޓުން ޖައްވަށް އުފުލާނެ އެވެ. ނާސާއިން ސްޕޮންސާކޮށްގެން ސައެންސްވެރިންގެ ޓީމެއް ވަނީ ބަދިގެ އަށް ވަދެފަ އެވެ. އެ ދަތުރަށް ކާން ތައްޔާރުކުރުމަށެވެ.
ނާސާއިން ދެކޭ ގޮތުގައި ދަތުރުމަތީގައި މީރު ކެއުމަކުން އުފާކުރަން ޖެހެ އެވެ. ޖައްވަށް ފަތުރުވެރިން އުފުލުމަކީ އަދި ދުވަހަކު ވެސް ބަޔަކު ކޮށްފައިވާ ކަމެއް ނޫނެވެ. އެހެންކަމުން ދަތުރުވެރިން ބޭކާރު ފިކުރުކުރުމަކީ ނުވެ ނުދާނެ ކަމެކެވެ.
ޖައްވީ ދަތުރުވެރިންނަށް ކާންދިނުމަށްޓަކައި ނާސާއިން ތައްޔާރުކުރާ މެނޫ ވަރަށް ފުރިހަމަވާނެ އެވެ. މީރުވާނެ އެވެ. ހިތްހަމަޖައްސައިދޭނެ އެވެ. ހެއްވައިދޭނެ އެވެ. ތަބީއީ އިހުސާސްތަކާ ކުޅެދޭނެ އެވެ.
މެނޫ ތައްޔާރުކުރުމަށްޓަކައި ބަދިގޭގައި މަސައްކަތްކުރާ ސައެންސްވެރިން އެތައް އެއްޗެއް މޮޑެ އެއްކުރާނެ އެވެ. މުޅި ބަދިގެ ސައެންސް ލެބޯޓަރީއަކަށް ބަދަލުކޮށްލާނެ އެވެ. ޖައްވީ ދަތުރުވެރިންނަށް ކާންދެވޭ އެއްޗެއްގެ ސަބަބުން ބަނޑުގައި ވައިހެދިގެން ނުވާނެ އެވެ. ކުއްލިއަކަށް ޕުއްލާން ޖެހިގެން ނުވާނެ އެވެ.
ނާސާއިން 2030 ގައި މިސްރާބު ޖަހާނެ ކަމަށް ވަނީ މާސް އަށެވެ. އެހެންކަމުން މަދުވެގެން ދެ އަހަރު ދުވަހަށް ވާވަރަށް ކާބޯތަކެތި ގެންދަން ޖެހެ އެވެ. ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި މާސް އަށް ދެވުމުން ގަސްގަހާގެހި ހައްދައި ބޮޑުކުރެވޭނެ އެވެ. ދަތުރުގެ ކުރިން އެކަމަށް ތައްޔާރުވެވޭނެ އެވެ. އެ ގޮތުގައި އިންސާނުންނަށް މާސް އަށް ދެވުމުން އަމިއްލަ ބަގީޗާގައި މޭވާ އާއި ތަރުކާރީ ހައްދައި ކައިބޮއި އުޅެވޭނެ އެވެ.


ރައީސް ނައިޓް މާކެޓަށް ވަޑައިގަތުން
3 comments