ސައިންސް

ކިއުރިއޮސިޓީން މާސްގެ އާދަޔާޚިލާފު ފޮޓޯތަކެއް ފޮނުވައިފި

ހަސަން އާމިރު
07 އޯގަސްޓް 2012 13:21 6 ކޮމެންޓު
  • މާސް އަށް ޖެއްސި ނާސާގެ ކިއުރިއޮސިޓީން އެންމެ ފުރަތަމަ ބިމަށް ފޮނުވި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް.

  • މާސް އަށް ޖެއްސި ނާސާގެ ކިއުރިއޮސިޓީން އެންމެ ފުރަތަމަ ބިމަށް ފޮނުވި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް.

ޕެސަޑީނިއާ، ކެލިފޯނިއާ )އޮގަސްޓް 7( - ނާސާގެ އަގުބޮޑު ޖައްވީ އުޅަނދު ކިއުރިއޮސިޓީ މާސްގައި ހޭދަކުރި ފުރަތަމަ ދުވަހު އާދަޔާޚިލާފު ފޮޓޯތަކެއް ދުނިޔެ އަށް ފޮނުވައިފި އެވެ.

ދެ ބިލިއަން ޑޮލަރުގެ ކިއުރިއޮސިޓީ އުޅަނދު ރާއްޖޭ ގަޑިން އިއްޔެ ހެނދުނު ޖައްސާފައި ވަނީ މާސްގެ ބޮޑު ވަޅުގަނޑަކަށެވެ. އެއް ޓަނުގެ މި އުޅަނދަކީ މާސް އަށް މިހާތަނަށް ފޮނުވި އެންމެ ބޮޑު އުޅަނދު ވެސް މެ އެވެ.

މާސް އަށް ތިރިކުރުމަށް ކިއުރިއޮސިޓީން ވަނީ އެ އުޅަނދު ޖެއްސި ވަޅުގަނޑުގެ ފޮޓޯތައް ވެސް ނާސާ އަށް ފޮނުވައިފަ އެވެ. މާސް އަށް އުޅަނގު ޖައްސަން އުޅުމުގެ ތެރޭގައި ހިރަފުހުގެ ސަބަބުން ބައެއް ފޮޓޯތައް ސާފު ނުވި ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގައި ހައި-ރިޒޮލިއުޝަން ސާފު ފޮޓޯތައް ބިމަށް ފޮނުވާނެ އެވެ.

މާސް އަށް ފޮނުވި މި އުޅަނދުގެ ދަތުރުގައި މާސް އިން އޭލިއަން ނުވަތަ ދިރުންހުރި އެއްޗެއް ފެނިދާނެ ކަމަށް ސައެންސްވެރިން ލަފައެއް ނުކުރެ އެވެ. ނަމަވެސް މާސްގެ ވެލިގަނޑާއި ހިލަތައް ދިރާސާކޮށް އިންސާނުންނަށް އެ ބިމުގައި އުޅެވިދާނެތޯ އާއި ކުރިން އެއްވެސް ދިރިމެއް މާސްގައި ހުރިތޯ ބަލާނެ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ 2030 ވަނަ އަހަރު މާސް އަށް އިންސާނުން ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޕޭސް އެޖެންސީތަކުން، 1960 ވަނަ އަހަރުގެ ފަހުން މާސް އަށް ފޮނުވި އުޅަނދުތަކުގެ ކާމިޔާބު ރޭޓް އުޅެނީ 40 ޕަސެންޓުގަ އެވެ.

މިދިއަ އަހަރުގެ ނޮވެމްބަރު މަހު އުދުއްސާލި އުޅަނދު 560 މިލިއަން މޭލުގެ ދުރު ދަތުރަށް ފަހު މާސްގެ ބިމަށް ޖެއްސީ އެތަނުގެ ގޭލް ގްރޭޓާ ކިޔާ ބޮޑު ވަޅުގަނޑަކަށެވެ. --އޭއެފްޕީ

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait