އެޕަލް މެކް އޯއެސް އެކްސް މައުންޓަން ލަޔަން އާންމުކޮށް ބޭނުންކުރަން އަންނަ މަހު ދޫކޮށްލާނެ އެވެ. އެންމެ ފަހުގެ ޑިވެލޮޕާ ޕްރިވިއުން ދައްކާ ގޮތުގައި މެކްތައް ހިމާޔަތްކުރުމަށް މައުންޓަން ލަޔަން ގަދައަޅައި މަސައްކަތްކުރެ އެވެ.
"އޯއެސް އެކްސް ސެކިއުރިޓީ އަޕްޑޭޓް ޓެސްޓް 1.0" އިންޖިނިއަކޮށްފައި ވަނީ މައުންޓަން ލަޔަން ރިސްޓާޓްކުރާ ކޮންމެ ފަހަރަކު ނުވަތަ ދުވާލަކު އެއް ފަހަރު އެޕަލްގެ ސެކިޔުރިޓީ ސާވާތަކާ ގުޅާލެވޭ ގޮތަށެވެ. އެ ގޮތުގައި ވަގުތުން ވަގުތަށް ސެކިޔުރިޓީ ޕެޗްތަކާއި ސޮފްޓްވެއާ އަޕްޑޭޓް މެކް ކޮމްޕިއުޓަރުތަކަށް ލިބިލިބި ހުންނާނެ އެވެ.
އެޕަލުން ފަހަކަށް އައިސް މެކްތަކުގެ ސަލާމަތްތެރިކަން ވަރުގަދަކުރަން މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ. އެ ގޮތުގައި ލަސްތަކެއް ނުވެ "ގޭޓްކީޕާ" ވެސް މެކްތަކަށް އަންނާނެ އެވެ. މެކްތަކަށް އަޅަން އެދޭ އެޕްލިކޭޝަންތަކާ ބެހޭ ގޮތުން ގޭޓްކިޕާ ބުނެދީ ދޮރުތައް ހުޅުވައި ލައްޕައި ދޭނެ އެވެ.
އެޕަލް އަށް ފައިދާ އިތުރުވެ އުފެއްދުންތައް މަޝްހޫރުވަމުން އައުމާ އެކު ހެކަރުން ނަށް ވެސް އެކަން ވަނީ އެނގިފަ އެވެ. އެހެންކަމުން އެޕަލްގެ އުފެއްދުންތަކަށް އަމާޒުކޮށް ދެވޭ ސޮފްޓްވެއާ އަދި ހާޑްވެއާ ހަމަލާތައް އަންނަނީ ގިނަވަމުންނެވެ. ބޭނުންކުރާ މީހުންގެ ސަލާމަތައް އެޕަލުން ފަށާފައިވާ ޕްރޮގްރާމްތަކަކީ ހެކަރުން ކޮންފާނެ ޖެއްސުމަކަށް ވިސްނައިގެން ކުރާ ކަމެއް ކަމަށް ބެލެވެ އެވެ.

ފޮޓޯ އިން ހަބަރު
0 comment