ވިންޑޯޒް ފޯން 8 އަށް ޚާއްސަ ފީޗާތައް ވިންޑޯޒް ފޯން 7 ސްމާޓްފޯންތަކަށް ގެނައުން ބުއްދިވެރި ނޫން ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ. ވިންޑޯޒް ފޯން 7 ބޭނުންކުރާ މީހުން އެ އުންމީދު ނުކުރުމަށް ވެސް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ޑުއަލް ކޯ މަލްޓި ޕްރޮސެސާ އާއި ބާރުދަ ސްކްރީން ރިޒޮލޫޝަން އަދި އެންއެފްސީ ފަދަ ޒަމާނީ ފަސޭހަތައް ވިންޑޯޒް ފޯން 7 އަށް އުފަންވި ހޭންޑްސެޓްތަކަށް ގެނައުމަށް މަސައްކަތްކުރުމަށް ވުރެ އެ ހޭންޑްސެޓްތައް މިހާރު ހުރި ގޮތަށް ދޫކޮށްލުން ރަނގަޅުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވިންޑޯޒް ފޯނަކުން ޒަމާނީ އެ ފަދަ ޒަމާނީ ކުލަވަރެއް ތަޖުރިބާކުރަން އެދެވޭ ނަމަ ރަނގަޅު ވާނީ ވިންޑޯޒް ފޯން 8 ހޭންޑްސެޓެއް ހޯދުން ކަމަށާއި އިންތިޒާރުކޮށްލަން އެދެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވިންޑޯޒް ފޯން 7 އަށް ހާޑްވެއާ ބަދަލުތަކެއް ނުގެނައި ނަމަވެސް އެޕްލިކޭޝަންތަކަށް ބަދަލު އަންނާނެ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ. އެ ގޮތުގައި ވިންޑޯޒް ފޯން 7.5 ހޭންޑްސެޓްތަކަށް މުޅީން އާ ސްޓާޓް ސްކްރީނެއް ގެންނާނެ ކަމަށާއި އެޕްލިކޭޝަންތަކުގެ ގްރެފިކް މެނޫތަކަށް ވެސް ބަދަލެއް އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
މައިކްރޮސޮފްޓުން ބުނީ އެ ކުންފުނިން ބޭނުންވާ ގޮތަށް އަދި ވިންޑޯޒް 8 ލިޔެ ނުނިމޭ ކަމަށާއި، ވިންޑޯޒް ފޯން 8 ހޭންޑްސެޓްތައް ބާޒާރަށް ނެރޭއިރު ހުރިހާ ފީޗާއެއް އާންމު ނުކުރާނެ ކަމަށެވެ.
ވިންޑޯޒް ފޯން 8 އަށް އަން އަޕްޑޭޓެއް ގޮތުގައި ވެސް ބަދަލެއް އަތުވެދާނެ ކަމަށާއި ހާޑްވެއާގައި ހުރި ފެންވަރަށް ހުރި ނަމަ ވިންޑޯޒް 8 ހަނދާން ނައްތާލަން އުދަގޫ ތަޖުރިބާއަކަށް ވާނެ ކަމަށް ވެސް މައިކްރޮސޮފްޓުން ބުނެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
1 comment