މައިކްރޮސޮފްޓް އޮފީސް 2013 ދައްކާލައިފި އެވެ. ސެން ފްރެންސިސްކޯގައި ނޫސްވެރިނަށް މައުލޫމާތު ދިނުމަށް ބޭއްވި ހަފުލާއެއްގައި މައިކްރޮސޮފްޓުން އޮފިސް 2013 އާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު އާންމުނާ ހިއްސާކުރި އެވެ.
އޮފީސް 2013 ވިންޑޯޒް އެކްސްޕީ އާއި ވިސްޓާގައި ނުހިނގާނެ އެވެ. މައިކްރޮސޮފްޓުން އޮފީސް 2013 އިންޖިނިއަކޮށް ފަރުމާކޮށްފައި ވަނީ ވިންޑޯޒް 8 އަށެވެ. އެ ގޮތުގައި ޓެބްލެޓްތަކަށް ޚާއްސަ ވިންޑޯޒް 8 އާރުޓީ އާއި ވިންޑޯޒް 8 ޑެސްކްޓޮޕްތަކަށް ވެސް މެޓްރޯ ސްޓައިލް އިންޓަފޭސް އޮފީސް 2013 އަށް ދީފައިވެ އެވެ.
އޮފީސް 2013 ދައްކާލުމަށް ބޭއްވި ހަފުލާ އަށް ފަހު ކަސްޓަމާ ޕްރިވިއު ވާޝަންއެއް ވަނީ ޑައުންލޯޑަށް ދޫކޮށްފަ އެވެ. އޮފީސް ޑޮޓް ކޮމް/ ޕްރިވިއު އަށް ޖައްސާލާ ކޮންމެ މީހަކަށް ވެސް މައިކްރޮސޮފްޓުން ދޫކުރާ މިންވަރަކަށް އޮފީސް 2013 ޑައުންލޯޑްކުރެވެ އެވެ.
އޮފީސް 2013 އާ އެކު މައިކްރޮސޮފްޓުން އެހެން އަމާޒެއް ހިފައިފިކަން ކަށަވަރުވެ އެވެ. އޮފީސް 2013 އަކީ ހުރިހާ މާނައެއްގައި ވެސް ލުއި ފަސޭހަ އެޕްލިކޭޝަންތަކަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރި ކަމަށް ގަބޫލްކުރެވެ އެވެ.
އޮފީސް 2013 މައިގަނޑު ގޮތެއްގައި މިސްރާބުޖަހަނީ ޓަކް ޑިވައިސްތަކަށެވެ. އޮފީސް 2013 ހުރިހާ އަރާމެއް އަތުޖެހޭނެ ކަމަށް ބެލެވެނީ ވެސް ޓަޗް ޑިވައިސްތަކުންނެވެ.
ވިންޑޯޒް 8 މެޓްރޯ ސްޓައިލް އިންޓަފޭސްގައި އޮފީސް 2013 މުޅިން އެހެން އެޕްލިކޭޝަންތަކެއް ގޮތުގައި އިހުސާސްކޮށްދެ އެވެ. ވަންނޯޓާއި އެކްސެލް އަދި ވޯޑްގެ ސަފުހާތައް ހީވަނީ ތާސްގައިގެ ގަނޑުތަކެއް އުކާލާހެނެވެ.
މައިކްރޮސޮފްޓުން ވިންޑޯޒް 8 އަށް ޚާއްސަކުރާ ހާޑްވެއާ އާއި ސޮފްޓްވެއާ އަށް ވެސް ހަރުދާނާ މިންގަނޑެއް ވަނީ އެކުލަވާލާފަ އެވެ. ހަރުދަނާ އުސޫލުތަކެއް ދަމަހައްޓާނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ އެޕްލިކޭޝަންތަކުން ނެރެން ޖެހޭ އިހުސާސްތައް ބޭނުންކުރާ މީހުންނަށް ކޮށްދިނުމަށެވެ.

ފޮޓޯ އިން ހަބަރު
1 comment