ޓޫރިޒަމް

މޯލްޑިވްސް ޓްރެވަލް އެވޯޑު ޕެރަޑައިސްގައި ބާއްވަނީ

އަބްދުﷲ ޖަމީލު
30 ޖުލައި 2012 20:19 1 ކޮމެންޓު
  • ޕެރަޑައިސް އައިލެންޑް ރިސޯޓް: މަޓާޓޯގެ ޓްރެވަލް އެވޯޑު މިއަހަރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު. --ހަވީރު ފައިލް ފޮޓޯ

މަޓާޓޯ އިން ދޭ "ޖީއެމްއާރު މޯލްޑިވްސް ޓްރެވަލް އެވޯޑު 2012" މިއަހަރު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެވޯޑު ބޭއްވުމުގެ ހަފުލާ އޮގަނައިޒްކުރާ ހައިރައިސް އިން ބުނީ މާލެއިން ފުރައިގެން 15 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ވިލާ ހޮޓެލްސްގެ ރިސޯޓުގައި އެވޯޑު ދިނުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހު ކަމަށެވެ.

އެވޯޑު ދިނުމުގެ ހަފުލާ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވާ ޕެރަޑައިސް އައިލެންޑަކީ މާލެ އަތޮޅު އުތުރުގައި އޮންނަ ލަގްޒަރީ ވިލާތަކެއް ހިމެނޭ ރިސޯޓެކެވެ.

ރާއްޖޭ ޓޫރިޒަމަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ދޭ އެވޯޑް ސްޕޮންސާކޮށްފައިވަނީ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއަހަރުގެ ޓްރެވެލް އެވޯޑްގައި 30 ވުރެ ގިނަ ކެޓަގަރީ ހިމެނޭނެ ކަމަށް މަޓާޓޯ އިން ބުނެ އެވެ. އަދި އިންޓަނޭޝަނަލް އެވޯޑެއްގެ ގޮތުގައި އެންމެ ގިނަ މީހުން ރާއްޖެ އަށް އުފުލި އެއާލައިން ހޮވުން ވެސް މި އެވޯޑްގައި ހިމެނޭނެ ކަމަށްވެ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait