ނިއު ޔޯކް (ޖޫން 5) - މަހުޖަނުންނަށް ހާއްސަކޮށްގެން ބިލިއަނަރެއްގެ ގޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ ކުރިއަށް ގެންދެވި ހާއްސަ ކެމްޕޭނެއްގައި ބައިވެރިވެ ވަޑައިގެން، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިއާސީ ކެންޑިޑޭޓް މިޓް ރޮމްނީ އަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފި އެވެ.
ރިއާސީ ދެ ވަނަ ދައުރެއް އޮބާމާ އަށް ހައްގު ކަމަށް ވިދާޅުވެ އޭނާގެ ސިޔާސަތުތަކަށް ތައުރީފުކުރައްވަމުން، އޮބާމާގެ ސަރުކާރުގެ ޚާރިޖީ ވަޒީރު، ހިލަރީ ކްލިންޓަންގެ ފިރިކަލުން ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ ޕޮލިޓިކްސް ވަރަށް ވެސް ގޯސް ކަމަށެވެ. ވަކިން ހާއްސަކޮށް ކްލިންޓަން ވަނީ ރިޕަބްލިކަންގެ އިގްތިސާދީ ސިޔާސަތުތަކަށް ހަމަލާ ދެއްވައިފަ އެވެ.
ވެރިކަމުގެ ދުވަސްވަރު، އިގްތިސާދީ މައިދާނުގައި އެމެރިކާ އަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވި ކްލިންޓަން ވިދާޅުވީ ރޮމްނީއާ އެކު ރިޕަބްލިކަން ޕާޓީގެ ވިސްނުމަކީ ޔޫރަޕްގައި ގާއިމުކޮށްފައި އޮތް ކަހަލަ އިގްތިސާދީ މައިދާނެއް އެމެރިކާގައި ގާއިމުކުރުން ކަމަށެވެ. ކްލިންޓަން ވިދާޅުވީ އެއީ ގޮތެއް ނެތް، އަދި ވަޒީފާ ނެތް މީހުން އިތުރުކުރާނެ ސިޔާސަތެއް ކަމަށެވެ.
އިގްތިސާދީ ސިޔާސަތުތަކާއި ވަޒީފާގެ މައްސަލަތަކުގައި ކްލިންޓަން ރޮމްނީ އަށް ފާޑުވިދާޅުވިއިރު އޭނާ ވިދާޅުވެފައި ވަނީ ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ވަޒީފާ ނެތް މީހުންގެ އަދަދު އޮބާމާގެ ސަރުކާރުން މިހާރު ވެސް ދަށްކޮށްފައިވާ ކަމަށާއި އެ މަސައްކަތް ދަނީ ކާމިޔާބުކަމާ އެކު ކުރިއަށް ކަމަށެވެ. އެމެރިކާގައި ކުރިއަށް އޮތް ރިއާސީ އިންތިޚާބުގެ ބޮޑު ބަހުސަކަށް މިހާރު ވެފައި ވަނީ އިގްތިސާދުގެ މައްސަލަ އާއި ވަޒީފާ ނެތް މީހުންގެ މައްސަލަ އެވެ. --އޭއެފްޕީ

ލަންކާގެ ވިކްޓަރީ ދުވަސް
1 comment