ގާހިރާ (ޖޫން 19) - އިދިކޮޅު މުސްލިމް ބްރަދަހުޑުން މިސްރުގެ ރިއާސީ އިންތިހާބު ކާމިޔާބުކުރުމާ ދިމާކޮށް އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ފަހު ވެރިކަމުގެ ބާރުތަކަށް އަސްކަރިއްޔާ އިން ވެރިވެގަތް މައްސަލާގައި މުޒާހަރާކުރުމަށް މުސްލިމް ބްރަދަހުޑުން ނިންމައިފި އެވެ.
މި ހަޅުތާލުގައި ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ވެއްދުމުގެ ހަރަކާތެއް ވެސް ހިންގުމަށް ވަނީ ހަމަޖައްސައިފަ އެވެ. މިފަހުން އިންތިހާބުކުރި ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ފަހު އަސްކަރިއްޔާ އިން ވަނީ މަޖިލިސް ވެސް ހިސޯރުކޮށްފަ އެވެ.
މިސްރުގެ ދުސްތޫރީ ކޯޓްގެ އަމުރަކަށް މަޖިލިސް އުވާލާފައި ވަނީ މަޖިލީހުގެ އިންތިހާބުގައި މިނިވަން ގޮނޑިތަކަށް ޕާޓީތަކުން ވާދަކުރި މައްސަލައެއް ފެންމަތިކޮށްގެންނެވެ. އެ މައްސަލާގައި ކޯޓުން ވަނީ އާންމު އިންތިހާބު ކުރިއަށް ގެންދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިފަ އެވެ.
ގާނޫނު ހަދާ މަޖިލިސް އުވާލިއިރު މަޖިލީހުގައި ވެސް ބާރު އޮތީ އިދިކޮޅު ޕާޓީތަކަށެވެ. އެގޮތުން އާންމު އިންތިޚާބުގައި ވެސް މުސްލިމް ބްރަދަހުޑުން ކުރި ހޯދިއިރު އެމީހުންގެ ފަހަތުގައި އުޅެނީ ދީނީ އެހެން ޕާޓީތަކެވެ. އާންމު އިންތިހާބަށް ފަހު މުސްލިމް ބްރަދަހުޑްގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު މުރްސީ ރޭސް ކާމިޔާބުކުރައްވާފައި ވަނީ 52 ޕަސެންޓް ވޯޓް ކާމިޔާބުކުރައްވައިގެންނެވެ.
މުސްލިމް ބްރަދަހުޑް ވެރިކަމަށް އައުމާ އެކު އަސްކަރިއްޔާ އިން ބާރުތަކަށް ވެރިވެގެންފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ސިފައިންގެ ތެރެއިން ގެނައި "ބަޣާވާތެއް" ކަމަށެވެ. ސިފައިން ބުނަނީ ގާނޫނު ހަދާ މަޖިލިސް އަލުން އެކުލަވައިލެވޭނީ ގާނޫނު އާސާސީ އިސްލާހުކޮށްގެން ކަމަށެވެ.
އަސްކަރިއްޔާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާއަކަށް މުސްލިމް ބްރަދަހުޑް ތައްޔާރުވަމުން އަންނައިރު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަން އިދިކޮޅު ފަރާތްތަކުން ވައްޓާލީ ވެސް މިގޮތަށް މަގުތަކަށް ނުކުމެ މުޒާހަރާކޮށްގެންނެވެ. އަސްކަރިއްޔާއާ ދެކޮޅަށް ނުކުތުމަށް އިދިކޮޅު ފަރާތްތައް ތައްޔާރުވަމުން އަންނައިރު ބާރުތައް ރައީސާ ހަވާލުކުރަން ތައްޔާރުވަމުން އަންނަ ކަމަށް އަސްކަރިއްޔާ އިން ބުނެ އެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
5 comments