ވޮޝިންޓަން (އޮގަސްޓް 18) - އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން މާސް އަށް ފޮނުވާފައިވާ ކިއުރިއޯސިޓީ އޭގެ އެންމެ ހާއްސަ އެއް މިޝަން އަށް ތައްޔާރުވަމުން އެބަދެ އެވެ. ކިއުރިއޯސިޓީގައި ގާއިމުކޮށްފައިވާ ލޭޒާތަކުގެ އެހީގައި މާސްގެ ހިލަތަކުގެ ތަހުލީލު ވަރަށް އަވަހަށް ފަށާނެ އެވެ.
ނާސާ އިން ބުނެފައި ވަނީ ފުރަތަމަ ތަހުލީލަށް ހޮވާފައި ވަނީ ހަތް ސެންޓިމީޓަރުގެ ހިލަކޮޅެއް ކަމަށާއި އެއީ ކިއުރިއޯސިޓީ މާސް އަށް ތިރިކުރި ސަރަހައްދުން ހޮވާފައިވާ ހިލަކޮޅެއް ކަމަށެވެ. ނާސާގެ ތަޖުރިބާކާރުން ބުނަނީ މި ހިލަ އަދި ނާސާގެ ހިލަތަކުން އާދަޔާ ހިލާފު ކަމެއް ފާހަގަނުކުރެވުނަސް މީގެ އެންމެ މުހިންމު ބޭނުމަކީ ކިއުރިއޯސިޓީގައި ގާއިމުކޮށްފައިވާ ލޭޒާތައް ކާމިޔާބުކަމާ އެކު ޓެސްޓްކުރުމެވެ.
ނާސާ އިން ބުނެފައި ވަނީ ނާސާގެ ހިލަތަކުން އާދަޔާ ހިލާފު ނަތީޖާއަކަށް އުއްމީދު ވެސް ނުކުރާ ކަމަށެވެ. ނާސާގެ އެންމެ އުއްމީދީ އުޅަނދުގެ ގޮތުގައި ލޭބަލްކޮށްފައިވާ ކިއުރިއޯސިޓީ ދެ އަހަރު ދުވަހުގެ ހާއްސަ މިޝަނެއްގައި މާސް އަށް ތިރިކުރީ މީގެ ދެ ހަފުތާ ކުރިންނެވެ.
ނާސާ އިން، ކިއުރިއޯސިޓީއާ އެކު މާސްގައި ފަށާފައިވާ މިޝަންގެ މައިގަނޑު ބޭނުމަކީ މާސް އަކީ ދިރިއުޅުމަށް އެކަށީގެންވާ މާހައުލެއްތޯ ބެލުމެވެ. މި ޕްރޮޖެކްޓަށް ވަނީ 2.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފަ އެވެ.
ކިއުރިއޯސިޓީއާ އެކު ކާމިޔާބު މިޝަންއަކަށް އުއްމީދުކުރެވޭއިރު ކިއުރިއޯސިޓީން ދަނީ މީގެ ކުރިން ނުފެންނަހާ ސާފު ފޮޓޯތަކެއް ވެސް މާސް އިން ދުނިޔެ އަށް ފޮނުވަމުންނެވެ. --އޭއެފްޕީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
2 comments