ދުނިޔެ

ގުރުއާން އެންދި ޕާކިސްތާން އަންހެން ކުއްޖާގެ މައްސަލަ ބަލަނީ

ހަސަން އާމިރު
21 އޯގަސްޓް 2012 14:25 3 ކޮމެންޓު
  • ގުރުއާން އެންދި އަންހެން ކުއްޖާގެ ގެ ކައިރިން ދެ އަންހެނަކު ހިނގާފައި ދަނީ: މި މައްސަލަ ޕާކިސްތާނުގައި ވަނީ ހޫނުވެފައި.

އިސްލާމްއާބާދު (އޮގަސްޓް 20) - ޚަތިމެއްގެ ގަނޑުތަކެއް އަންދާލި ޕާކިސްތާނުގެ ކްރިސްޓިއަން އަންހެން ކުއްޖާގެ މައްސަލަ ބެލުމަށް ރައީސް އާސިފް އަލީ ޒަރުދާރީ އަންގަވައިފި އެވެ.

ގުރުއާން އެންދި މައްސަލަ ފެންމަތިވުމާ ގުޅިގެން ޕާކިސްތާނުގެ މުސްލިމުންގެ މެދުގައި މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ޕާކިސްތާނުގެ ގާނޫނުތައް ބުނާ ގޮތުން އިސްލާމް ދީނަށް އިހާނެތިކަން ލިބޭ ފަދަ މިފަދަ އަމަލެއް ހިންގައިފި ނަމަ އެ ކުށުގެ އަދަބަކަށް މަރުގެ ހުކުމް އިއްވިދާނެ އެވެ.

ގުރުއާން އެންދި، ގާތްގަނޑަކަށް އުމުރުން 11 އަހަރުގެ އަންހެން ކުއްޖާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި ބަންދުގެ މުއްދަތަށް 14 ދުވަސް ވަނީ ޖަހައިފަ އެވެ.

ޕާކިސްތާން ސަރުކާރު މީޑިއާ އިން ބުނީ ގުރުއާނަށް އިހާނެތިކޮށް ހިތި މައްސަލަ ރައީސް ޒަރުދާރީ ވަރަށް ސީރިއަސްކޮށް ނަންގަވާ ކަމަށާއި އަދި މި މައްސަލައިގެ ރިޕޯޓެއް ތައްޔާރު ކުރުމަށް ހޯމް މިނިސްޓްރީ އަށް އަންގަވާފައިވާ ކަމަށެވެ.

އިސްލާމް ދީނަށް އިހާނެތިކޮށް ހިތާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޕާކިސްތާން ސަރުކާރަށް ހުޅަނގުން ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މި ގާނޫނާ ދެކޮޅު ހެދި ޕަންޖާބު ގަވަރުނަރު ސަލްމާން ތަސީރު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަވަހާރަކޮށްލައިފަ އެވެ. އަދި މި ގާނޫނާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރި މިނިސްޓަރެއް ކަމަށްވާ ޝަހުބާޒް ބައްޓީ ވެސް ވަނީ އަވަހަރާކޮށްލައިފަ އެވެ. --އޭއެފްޕީ

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait