ވިއެނާ، އޮސްޓްރިއާ (ޖުލައި 14) - އާ ސީޒަނަށް ތައްޔާރުވާން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ސައުދީ އަރަބިޔާގެ އަލް ހިލާލް އަތުން 1- 0 އިން ބަލިވެއްޖެ އެވެ.
މި މެޗުގައި މެންޗެސްޓާ ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ 24 ކުޅުންތެރިން ބޭނުން ކުރި އެވެ. ކެޕްޓަން ވިސެންޓޭ ކޮމްޕެނީ އާއި ކާލޯސް ޓެވޭޒާއި ޔާޔާ ޓޫރޭ އާއި ޕަބްލޯ ޒަބަލެޓާ އަދި އެޑަމް ޖޯންސަން ފުރަތަމަ އެގާރައިގައި ކުޅުނެވެ. ދެން ހިމެނެނީ ޔޫތު ޓީމުގެ ބައެއް ކުޅުންތެރިންނެވެ.
އޮސްޓްރިއާގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސައުދީ ފޯވާޑް ނަވާފް އަލް އަބެޑް އެވެ.
އޮސްޓްރިއާގައި ޕްރީ ސީޒަން ޓްރެއިނިން ސިޓީން ހަދަމުން އަންނައިރު މި ހަފުތާގައި ޖަރުމަނުގެ ޑައިނަމޯ ޑްރެސްޑެން އާއި ތުރުކީގެ ބެސްޓިސްކާސްއާ ދެކޮޅަށް ސިޓީ ކުޅޭނެ އެވެ. އަދި ޗައިނާ ކަޕުގައި ޖުލައި 27 ގައި ބެއިޖިންގައި އާސެނަލްއާ ދެކޮޅަށް ކުޅޭނެ އެވެ. އޭޝިއާ ޓުއާގައި ޖުލައި 30 ގައި މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި އެ ގައުމުން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ވެސް ކުޅޭނެ އެވެ.
ސިޓީން ޓްރާންސްފާ ބާޒާރުގައި އަދި މާބޮޑު ވިޔަފާރިއެއް ކޮށްފައިނުވާއިރު އާސެނަލްގެ ވޭން ޕާސީ އަށް އަންނަނީ ލޯ އަޅަމުންނެވެ. ސިޓީގެ ދެ ފޯވާޑުން ކަމަށްވާ ކާލޯސް ޓެވޭޒާއި އެޑިން ޖެކޯގެ ތެރެއިން އެކަކު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. --އޭއެފްޕީ

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
1 comment