ދުނިޔޭގެ ކުޅިވަރު

ފީފާގެ އެވޯޑް ހައްގީ މެސީ އަށް: ނޭމާ

މުހައްމަދު ހަމްދޫން
24 ޖުލައި 2012 13:04 6 ކޮމެންޓު
  • ނޭމާ (ކ) އާއި މެސީ ފީފާ ކްލަބް ވޯލްޑް ކަޕުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި: މެސީ އަށް ނޭމާ އިހުތިރާމް ކުރޭ. --އޭއެފްޕީ

ލަންޑަން (ޖުލައި 24) - މި އަހަރުގެ ފީފާ ބެލޮންޑިއޯ އެވޯޑް ލިބުން ހައްގީ ބާސެލޯނާގެ ލިއޮނަލް މެސީ އަށް ކަމަށް ބްރެޒިލްގެ ފޯވާޑް ނޭމާ ބުނެފި އެވެ.

މެސީގެ އިތުރުން ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެ ޓީމުގެ ސްޕެއިން ގޯލްކީޕަރު އިކާ ކަސިޔަސް އަކީ އެވޯޑް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ތިން ކުޅުންތެރިންނެވެ.

އުމުރުން 20 އަހަރުގެ ނޭމާ އަކީ މެސީ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް އެއް ބަޔަކު ބުނި ނަމަވެސް ނޭމާ ބުނީ ހުރިހާ ގޮތަކުން ވެސް މެސީ އަށް އެވޯޑް ހައްގު ކަމަށެވެ.

"ބެލޮންޑިއޯ އެވޯޑަކީ މެސީގެ ހައްގެއް. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އެ ފެންވަރުގެ ކުޅުންތެރިއެއް ދެން ނެތް. އޭނާ އެ އެވޯޑް ހޯދާނެ،" އޮލިމްޕިކްސްގައި ވާދަކުރުމަށް ބްރެޒިލް ޓީމާއެކު ލަންޑަނުގައި ހުރި ނޭމާ ސްޕެނިޝް ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ނޭމާ ބުނީ މެސީގެ ވަރުގެ ކުޅުންތެރިއެއް ނެތް ކަމަށާއި ކޮންމެ މެޗެއްގައި އޭނާގެ ފަރާތުން އާ ކަންތައްތަކެއް ފެނިގެންދާ ކަމަށެވެ.

މެސީ ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް މިދިޔަ ތިން ފަހަރު ވެސް ހޯދައިފަ އެވެ. މެސީގެ ކެރިއަރުގައި ހަތް ފަހަރު ފީފާ އެވޯޑް ހޯދާނެ ކަމަށް ނެދަލޭންޑްސްގެ ކުރީގެ ތަރި ޔޯހަން ކްރައިފް ވަނީ ލަފާކޮށްފަ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait