ލަންޑަން އޮލިމްޕިކްސް

100 މީޓަރުގެ ރަން މެޑަލް ބޯލްޓް ހޯދައިފި

ހަސަން ޝިފާން
06 އޯގަސްޓް 2012 11:42
  • ޮއޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުން ކާމިޔާބުކުރުމަށް ފަހު ޖެމެއިކާގެ ބޯލްޓް އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

  • ޮއޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުން ޖެމެއިކާގެ ބޯލްޓް (ވ) ނިންމާއިރު އެހެން ދުވުންތެރިން އޭނާ ފަހަތުގައި. -- ފޮޓޯ / އޭއެފްޕީ

  • ޮއޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުން ކާމިޔާބުކުރުމަށް ފަހު ޖެމެއިކާގެ ބޯލްޓް (ކ) އާއި ދެވަނަ ހޯޑި ޖެމެއިކާގެ ބްލޭކް (ވ) ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

  • ޮއޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުން ކާމިޔާބުކުރުމަށް ފަހު ޖެމެއިކާގެ ބޯލްޓް އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

  • އޮލިމްޕިކް ގޭމްސްގެ 00 މީޓަރު ދުވުމުވައި ބޯލްޓް (ވ) އާއި ޖަސްޓިން އަދި ބްލޭކް ވާދަކުރަނީ. -- ފޮޓޯ / އޭއެފްޕީ

ލަންޑަން (އޮގަސްޓް 6) - އޮލިމްޕިކް ގޭމްސްގެ 100 މީޓަރުގެ ދުވުން، ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކޮށް، ޖެމެއިކާގެ އުސެއިން ބޯލްޓް ފާޑުކިއުންތަކަށް ރަނގަޅު ރައްދެއް ރޭ ދީފި އެވެ.

ބޯލްޓް 100 މީޓަރުގެ ފައިނަލް ކާމިޔާބުކުރީ 9.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ އޮލިމްޕިކް ރެކޯޑެކެވެ.

ބޯލްޓުގެ ޓްރެއިނިން ޕާޓްނާ ޖެމެއިކާގެ ޔޯހަން ބްލޭކް ރިހި މެޑަލް ހޯދީ ބޯލްޓްގެ ފަހަތުން 9.75 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެތެންސްގައި 2004 ވަނަ އަހަރު އޮތް އޮލިމްޕިކްސް ރަން މެޑަލް ހޯދި އެމެރިކާގެ ޖަސްޓިން ގެޓްލިން ވަނީ 9.79 ސިކުންތުން ރޭސް ނިންމައި، ލޯ މެޑަލް ހޯދައިފަ އެވެ. ޖަސްޓިން މުބާރާތުގައި ވަދަކުރަނީ މަނާ ބޭހަށް ޕޮޒިޓިވްވުމުން އޭނާ އަށް ކުރިމަތިވި ހަތަރު އަހަރުގެ ސަސްޕެންޝަނަށް ފަހު އެވެ. އެ

ސަތޭކަ މީޓަރުގެ ދުނިޔޭގެ ރެކޯޑް ހަދައިފައިވާ ބޯލްޓަށް މި އަހަރުގެ އޮލިމްޕިކްސްގައި 100 މީޓަރުގެ ރަން މެޑަލް ލިބޭނެކަމާމެދު މުބާރާތުގެ ކުރިން ސުވާލު އުފެދުނެވެ. ހާއްސަކޮށް ފަހަކަށް އައިސް ބޯލްޓްގެ ފޯމު ދަށްވެ، އަނިޔާގެ މައްސަލަތައް ގިނަވުމާއި ޓްރައިލްގައި ބްލޭކް އަތުން ބަލިވުމުން އޮލިމްޕިކްގެ 100 މީޓަރުގެ ދުވުމުގައި އޭނާ ހޯދައިފައިވާ މަގާމް މި އަހަރު ދިފާއުކުރެވޭނ ެކަމާމެދު ސުވާލު އުފެދުނެވެ. އެކަމަކު އޭނާ އަކީ އަދިވެސް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާކަން ވަނީ ރޭ ސާބިތުކޮށްދީފަ އެވެ.

"އަހަރެން ކުރިން ވެސް ބުނަމުންދިޔައީ މުބާރާތަކަށް އަންނައިރު އަހަރެން ބޭނުންވާ ނަތީޖާ ނެރޭނަމޭ. އެ ނަތީޖާ ނެރިފައި މި އޮތީ،" ބޯލްޓް ބުންޏެވެ.

އެތުލެޓިކްސްގެ އެހެން އިވެންޓަކަށް ބަލާއިރު، އަންހެނުންގެ 400 މީޓަރު ދުވުން ކަމިޔާބުކޮށްފައިވަނީ އެމެރިކާގެ ސަންޔާ ރިޗާޑްސް އެވެ. ފިރިހެނުންގެ 3000 މީޓަރު ސްޓީޕްޗޭސް ކާމިޔާބުކުރީ ކެންޔާގެ އެޒެކިއެލް ކެމްބޮއީ އެވެ. ފިރިހެނުންގެ ހެމާތުރޯ އިވެންޓުގެ ރަން މެޑަލް ހޯދީ ހަންގޭރީގެ ކްރިޒްޓިއަން ޕާސް އެވެ. -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި