Untitled Document
[haveeruonline home]
އަނބާ، ފިޔާ ކޮއްޓަވާށެވެ. ވިލާތުބަށި ތޮޅި...ތަފްސީލް
އަލަނާސި މަށާފައި ކުދިކުދި އެތިކޮޅަށް...ތަފްސީލް
ކަދުރުތައް ދޮވެ، އޮށް ނެގުމަށްފަހު،...ތަފްސީލް
 
 
މެދު އުމުރަށް އެޅުމުން ބިސް ކެއުން މަދުކުރަން ޖެހޭ - ދިރާސާ
ޒަމާނުއްސުރެ ގިނަ ޑޮކްޓަރުން ގަވާއިދުން ބިސް ކެއުމަށް އިރުޝާދު ދެއްވައެވެ. ބިހަކީ ސިއްހަތަށް ފައިދާ ހުރި އެއްޗަކަށް ވާތީ އެވެ. ނަމަވެސް އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން ގައި ޝާއިއުކޮށްފައިވާ ފަހުގެ ދިރާސާއެއްގައިވާ ގޮތުން މެދު އުމުރުގެ ފިރިހެނުން ހަފުތާއަކު ހަތް ބިހަށް ވުރެ އިތުރަށް ކެއުމަކީ ސިއްހަތަށް ގެއްލުން ލިބޭނެ ކަމެކެވެ. ހަތް ބިހަށް ވުރެ ގިނައިން ކާ މީހުން އަވަހަށް މަރުވާ ކަމަށާއި އަދި ހަކުރު ބަލި ހުންނަނަމަ މިނުރައްކާ 32 ޕަސެންޓް އިތުރު ކަމަށް މި ދިރާސާ ރިޕޯޓުގައި ވެއެވެ.
ބިހަކީ ކޮލެސްޓްރޯލުން މުއްސަނދިވެފައިވާ އެއްޗެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެންކަމުން ބިސް ގިނައިން ކާނަމަ ލޭހޮޅިތައް ބެދި ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވެ އެވެ.
އެހެންކަމުން މެދުއުމުރުގެ މީހުން ބިސްކާން ޖެހޭނީ ވަރަށް ބަލައިގެންނެވެ. އެންމެ ރަނގަޅީ ހަފުތާއަކު ހަ ބިހަށް ވުރެ މަދުން ކެއުމެވެ. މިއީ ހެނދުނުގެ ނާސްތާ ބިހާ ނުލާ ނުކެވޭ ފިރިހެނުންނަށް މާ ރަނގަޅު ހަބަރަކަށް ނުވެދާނެ އެވެ. ނަމަވެސް ސިއްހަތަށްޓަކައި ކުޑަވަރެއްގެ ގުރުބާނީއެއް ދިނުން ރަނގަޅުވާނެ އެވެ. އެގޮތުން ބިހުގެ ބަދަލުގައި ސްކިމް މިލްކަށް ކޯން ފްލޭކްސް އަޅައިގެން ކެއުން ރަނގަޅުވާނެ އެވެ. އަދި އިތުރަށް ކޮންމެވެސް ވައްތަރެއްގެ މޭވާއެއް ބޭނުން ކުރުން ފައިދާ ބޮޑެވެ. އަދި މެންދުރާއި ރޭގަނޑުގެ ކެއުމުގައި ވެސް ބިސް ބޭނުންކުރާނަމަ އެ ހުރިހާ ކެއުމެއްގައި ވެސް ބިސް ބޭނުންކުރާ މިންވަރު ދަށްކޮށްލާށެވެ. ބިހުގެ ބަދަލުގައި ކެއުމަށް ސަޓަނި އިތުރު ކުރާށެވެ. އަދި މުގުގެ ބާވަތްތައް ބޭނުންކުރާށެވެ. އޭރުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީން ލިބޭނެ އެވެ.

ހަރުތަންތަނުގައި ނިދުމުން ބުރަކަށީގައި ރިހުން ފިލާތަ؟
ބުރަކަށީގައި ރިއްސާނަމަ ހަރު ތަންމަތީގައި ނިދަން ގިނަ ބަޔަކު ޒަމާނުއްސުރެ މަޝްވަރާ ދެއެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި ހަރުތަންތަނުގައި ނުވަތަ ހަރު ގޮދަޑީގައި ނިދުމަކީ ބުރަކަށީގައި ރިއްސާ މީހުންނަށް އެއްވެސް ލުޔެއް ލިބޭ ކަމެއް ނޫންކަން ވަނީ ސާބިތު ކޮށްދީފަ އެވެ. އޭގެ ބަދަލުގައި ބުރަކަށީގައި ރިއްސާ މީހުން ނިދަން ޖެހޭނީ މަޑު ގޮދަޑީގައި ކަމަށާއި އެމީހުންގެ ބުރަކައްޓަށް އަރާމު ލިބޭނީ އޭރުން ކަމަށް ތަޖުރިބާކާރުން މިހާރުދަނީ ވިދާޅުވަމުންނެވެ.
ހަރު ގޮދަޑިއަށް ވުރެ މަޑުގޮދަޑީގައި ނިދުމުގެ ފައިދާ ގިނަޔަސް ހަރު ގޮދަޑީގެ ވެސް ރަނގަޅު ކޮލިޓީތަކެއް އެބަހުއްޓެވެ. ބުރަކަށި ޓްވިސްޓް ވުން ފަދަ ކަންތައްތަކުން ދުރުކޮށްދޭތީ އެވެ.
އެހެންކަމުން ބުރަކަށީގައި ރިއްސާތީ ނުނިދިގެން އުޅޭ ފަހަރު ފަހަރު މަޑު ގޮދަޑިއެއްގައި އޮށޯވެ ހަމަޖެހިލާށެވެ. މާ ފަސޭހައިން އަރާމު ނިންޖެއް ނިދާލެވޭނެ އެވެ.
ތެއްޔަކަށް ފެން އަޅާފައި ރަވާއަޅާފައި ފެނާއި އެއްކޮށްފައި ހިކިމޭބިސް ކަދުރާއި ކަނަމަދުއަޅާލުމަށް ފަހު...ތަފްސީލް
 
1979-2010 Haveeru Daily. All right reserved.
P.O Box 20103, Ameenee Magu, Male' Maldives Tel: (960) 3325671, Fax: (960) 3323103, E-mail: haveeru@haveeru.com.mv