Untitled Document
[haveeruonline home]
އަނބާ، ފިޔާ ކޮއްޓަވާށެވެ. ވިލާތުބަށި ތޮޅި...ތަފްސީލް
އަލަނާސި މަށާފައި ކުދިކުދި އެތިކޮޅަށް...ތަފްސީލް
ކަދުރުތައް ދޮވެ، އޮށް ނެގުމަށްފަހު،...ތަފްސީލް
 
 
ބުންވަރު އިތުރުކުރަން ބޭނުންނަމަ ކެއުމަށް ބަދަލު ގެންނަންޖެހޭ
ވަރުބަލިވެ ލޮޑުވާ ގޮތް އާއްމުކޮށް މެދުވެރިވޭ ހެއްޔެވެ؟ މެންދުރު ގަޑީގައި ގިނައިން ނުކައި ހުރި ކަމުގައި ވިޔަސް ހަށިގަނޑުން ވަރު ދެރަވެ ނިދި އަންނަ ގޮތްވޭ ހެއްޔެވެ؟ މިފަދަ ނިޝާންތައް އާންމުކޮށް ކުރިމަތިވެ މިކަމާ ދޭތެރޭ ފިޔަވަޅު އަޅަން ބޭނުންވާނަމަ ކުރުން އެންމެ ބުއްދިވެރިކަމަކީ ކެއުމާ ދޭތެރޭ ސަމާލުވުމެވެ. އަދި މުހިއްމުވެއްޖެ ހިނދެއްގައި ކާން ބޭނުންކުރާ ބާވަތްތަކާއި ކެވޭ މިންގަޑުތަކަށް ބަދަލު ގެނައުމެވެ.

ރަނގަޅު ފެށުމަކުން ފެށުން

ހެނދުނުގެ ނާސްތާ ރަނގަޅަށް ބޭނުންކުރާ ކަމުގައިވާ ނަމަ ހަށިގަނޑަށް ބޭނުންވާ ހަކަތަ، ދުވަސް ފެށިގެންދާއިރު ލިބިގެންދާނެ އެވެ.

ކެއުމުގެ އާދަތައް ބަދަލުކުރުން

ކެއުމަށް މިހާރު ތި ގެންގުޅޭ އުސޫލުތައް ކާމިޔާބުކަމާއެކު ބަދަލުކޮށްލުމަށްޓަކައި ލަސްލަހުން، މަޑުމަޑުން އަދި ކާ އެއްޗެހި ރަނގަޅަށް ހަފަމުން އަގަޔަށް ގިނަ ނުވާނެ ގޮތަކަށް ކަމުން ގެންދާށެވެ. މި ގޮތަށް ކެއުމުގެ އުސޫލުތައް ބަދަލުކުރުމުން ތި އެދޭފަދަ ނަތީޖާ ހަމަ ވަގުތުން ނުނިކުތް ކަމުގައި ވިޔަސް ތާޒާ ކާނާ ކެއުމަށް އިސްކަންދީ، ގިނައިން ހަކުރާއި ސަރުބީ އެކުލެވޭ ކާނާތައް ކަމަށްވާ ކޭކާއި، ޕޭސްޓްރީ އަދި ލުއިކާނާގެ ބާވަތްތަކުން ދުރުހެލިވުމުން ދެތިން ހަފުތާގެ ތެރޭގައި ތިމާގެ ހަށިގަނޑުގައި ވަރުޖެހި ހަށިގަނޑަށް ބަދަލުއަންނަކަން ފާހަގަކުރެވިގެންދާނެ އެވެ.

ބުންވަރު އިތުރުކުރުމަށްޓަކައި މުހިއްމު ކާނާގެ ބާވަތްތައް

ހަށިގަނޑުގެ ބުންވަރު އިތުރުކޮށްދޭ ޑައެޓެއް ބިނާވެގެން ވަނީ ލުއިކާނާގެ ބާވަތްތަކުގެ ބަދަލުގައި ތާޒާ، ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތަކުގެ މައްޗަށެވެ. ތިމާގެ ބުންވަރު އިތުރުކުރަން ބޭނުން ނަމަ ގުދްރަތީ ގޮތުން ހަކުރު އެކުލެވިގެންވާ ތާޒާ އަދި ހިކި މޭވާގެ ބާވަތްތައްކަމަށްވާ ކިވީ، ޕިއާސް އެޕްރިކޮޓް އަދި ތަރުކާރީގެ ތެރެއިން ޕީސް، ސްޕިނޭޗް، ކެބެޓް، ފިޔާ، އަދި ކަނޑުމަހާއި އެއްގަމު މަސް ބޭނުންކުރާށެވެ. މީގެ އިތުރުން ނަޓްސް، ރަތް ހަނޑޫ، ގޮވާމުގެ ބާވަތްތައް އަދި މެގްނީޒިއަމް، ފޮސްފަރަސް، ވިޓަމިން ބީ އާއި ސީ ފަދަ މިނަރަލްސް ހިމެނޭ ބާވަތްތައް ކެއުމުގެ ތެރޭގައި ހިމަނާށެވެ. ސެލެޑްގެ ޑްރެސިން ހެދުމަށް ސަންފްލާވާ، ޒައިތޫނި، ހެޒަލްނަޓް އަދި ވޯލްނަޓް ތެޔޮ ބޭނުންކުރެވިދާނެ އެވެ. ކިރުގެ ބާވަތްތައް ދޫކޮށްނުލާށެވެ. މިގޮތުން ލޯފެޓް ކިރާއި ޔޯގަޓް ޚިޔާރުކުރާށެވެ.

ފައިދާހުރި ޖޫހާއި މިލްކްޝޭކް

ގޭގައި އަމިއްލަ އަށް ތައްޔާރުކުރެވޭ މޭވާ ޖޫހާއި ކިރު ނުވަތަ ޔޯގަޓްގެ ބުއިންތަކަކީ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން ތައްޔާރުކުރާ މިފަދަ ބުއިންތަކަށްވުރެ ފަސޭހަ އިން ތައްޔާރުކޮށްލެވޭ، އިތުރު ހަކަތަ ލިއްބައިދޭ ބާވަތްތަކެކެވެ. މިފަދަ މޭވާ ބޭނުންކުރާށެވެ. މި ބާވަތްތަކުގައި ހަކުރުގެ މިންވަރު މަތިވެފައި ފިނިކަންމަތީ ހުއްޓާ ވެސް ބޭނުންކުރުން ރަނގަޅުވާނެ އެވެ. ތިރީގައި މި ހިމަނާލަނީ މި ގޮތުން ތައްޔާރުކޮށްލެވިދާނެ ދެ ބުއިމެކެވެ.

ފުރަތަމަ ބުއިން

1 އަނބު
2 ފޮތި އަލަނާސި
1 ދޮންކެޔޮވައް
051 އެމް.އެލް ކިރު ނުވަތަ ލޯ ފެޓް ޔޯގަޓް
5.2 ނުވަތަ ބައި ސަމުސާ މާމުއި )ބޭނުންނަމަ(

ދެވަނަ ބުއިން

އަތްގޮއްޓެއްގެ ރާސްބެރީ ނުވަތަ ސްޓްރޯބެރީ
2 އެޕްރިކޮޓް
001 އެމް.އެލް ކިރު ނަވަތަ ލޯ ފެޓް ޔޯގަޓް

ތައްޔާރުކުރާނެ ގޮތް: ހުރިހާ ބާވަތްތައް އެއްކޮށް މިކްސަރުން ގިރައިލުމަށް ފަހު ފިނިކޮށްގެން ވެސް ނުވަތަ ފިނި ނުކޮށްވެސް ބޭނުންކުރެވިދާނެ އެވެ.

ބޭރު ތަންތަނުން ކެއުން

ޑައެޓްކުރަމުންދާ ދުވަސްވަރެއްގައި ގެއިން ބޭރުގައި ކެއުމާމެދު ގޮތެއް ނިންމުމަކީ އުނދަގޫ ކަމެކެވެ. 0891 ގެ އަހަރުތަކުގައި ހިކިކޮށް ތިބުމަށް މީހުން އިސްކަން ދިނުމުގެ ނަތީޖާއެއްގެ ގޮތުން ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޚާއްސަ ޑައެޓް މެނޫތައް ހިމަނާފައިވެ އެވެ. ނަމަވެސް ޑައެޓްކުރުމުގެ ފެޝަން އުވި މިފަދަ ޚިދްމަތްތައް ދޭ ތަންތަން މިއަދު ވަރަށް ވެސް މަދެވެ. ތިމާގެ ހަށިގަނޑަށް ބަދަލު ނާންނަ ގޮތަކަށް އަދި ހަމަ އެހެންމެ ތިމާ އަށް ހިތްހަމަޖެހުން ލިބިދޭ ގޮތަކަށް ކެއުމަށްޓަކައި ބޭރު ތެރެއަށް ގޮސް މިފަދަ ގޮތަކަށް އަމަލުކުރެވިދާނެ އެވެ.

1- ކެއުން ފެއްޓުމުގެ ގޮތުން ސެލެޑެއް ގެންނާށެވެ.
2- ޕާންފަދަ ބާވަތްތައް އެއް ކައިރިކޮށްލާށެވެ. އަދި ޕާން ކާހިތްވާ ނަމަ ބަޓަރު އެކުލެވިގެން ނުވާ ޕާން ފޮއްޗެއް ވެސް މީރުވާނެ އެވެ.
3- ގިނައިން ފެން ބޯށެވެ.
4- މެއިން ޑިޝްއެއްގެ ގޮތުން ތެލުލާފައި ހުންނަ މަސް ނުވަތަ ސޯސް ގެ ބަދަލުގައި ގްރިލްކޮށްފައި ހުންނަ ކަނޑު މަހާއި ކުކުޅު މަސް ބޭނުންކުރާށެވެ.
5- ފޮނި އެއްޗެއްގެ ގޮތުގައި ފެޓްސްގެ މިންވަރު މަދު ބާވަތެއް އިޚްތިޔާރު ކުރާށެވެ.
6- ނިންމާލުމުގެ ގޮތުން ފަތްޕިލާވެލި އެކުލެވޭ ސައި ތައްޓެއް )މިގޮތުން ޕެޕާ މިންޓަކީ ކެއުމަށް ފަހު ބަނޑު ރަނގަޅުކޮށް ދޭ ބާވަތެކެވެ.( ނުވަތަ ކޮފީ ބޯ ނަމަ ކަޕަޗީނޯގެ ބަދަލުގައި ކަޅުކޮފީ ބޭނުންކުރެވިދާނެ އެވެ.

ބަރުދަން ލުއިވާ މިންވަރު ބެލުން

ކޮންމެ ހަފުތާއަކު ވެސް ހެނދުނު ގަޑީގައި ކުރާ އެންމެ ފުރަތަމަ ކަމަކީ ތިމާގެ ބަރުދަން ބެލުންކަމުގައި ވެދާނެ އެވެ. ތިމާގެ ބަރުދަން ލުއިވާ )ނުވަތަ އިތުރުވާ( މިންވަރު އެގޭނެ ގޮތަށް ޗާޓެއް ފަދަ އެއްޗެއް ތައްޔާރުކުރުމަކީ ތިމާއަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ އެވެ. މީގެ ބަދަލުގައި ކިރާ ތަކެއްޗާ ދުރުވެ ތިމާ ލާ ހެދުންތަކަށް އަންނަ ބަދަލުން ވެސް ހިކޭ މިންވަރު ފާހަގަކުރެވިދާނެ އެވެ. ކުރިން ގަޔަށް ބާރުކޮށް ހުންނަ ހެދުން ފަހުން ދޫކޮށް ހުންނަ ނަމަ ހަމަ ޔަގީނުން ވެސް މިއީ އަންނަ ބަދަލުތައް ހޯދިދާނެ އެވެ. މި ކަންތައްތަކުގެ ތެރެއިން އެމީހަކަށް އެންމެ ރަނގަޅު ގޮތެއް ހެދިދާނެ އެވެ. އަދި ހަށިގަނޑަށް މިފަދަ ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވޭ ކޮންމެ ފަހަރަކު ކާ އެއްޗެއްގެ ބަދަލުގައި އާ ލިޕްސްޓިކެއް ފަދަ އެއްޗެއް ހޯދިދާނެ އެވެ.
ފުރަތަމަ ފިޔާ، މިރުސް، އެއްކޮށް މޮޑެލާފައި މަސް، ހުތް، ތޮރާ ، އަދިލޮނު އެއްކޮށްފައި ކާށިކިރު...ތަފްސީލް
 
1979-2010 Haveeru Daily. All right reserved.
P.O Box 20103, Ameenee Magu, Male' Maldives Tel: (960) 3325671, Fax: (960) 3323103, E-mail: haveeru@haveeru.com.mv