Untitled Document
[haveeruonline home]
އަނބު އަސާރަ
އަނބާ، ފިޔާ ކޮއްޓަވާށެވެ. ވިލާތުބަށި ތޮޅި
...ތަފްސީލް
އަލަނާސި އަސާރަ
އަލަނާސި މަށާފައި ކުދިކުދި އެތިކޮޅަށް
...ތަފްސީލް
ކަދުރު އަސާރަ
ކަދުރުތައް ދޮވެ، އޮށް ނެގުމަށްފަހު،
...ތަފްސީލް
ފެންބުއިން މަދުވުމާއި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން
"ބޭނުން ނެތް ގޮތުގައި ނެގޭ ވިޓަމިނާއި މިނެރަލް ސަޕްލިމެންޓްތަކުގެ ފައިދާއެއް ނެތް"
ކޮފީއަށް ދެވިހިފުމަކީ ރޯދައަށް ހުންނަން އުނދަގޫވާނެ ކަމެއް
ރޯދަ އާއި ކާނާ އާއި ސިއްހަތު
ޓޮމާޓޯ އިން ހަންގަނޑަށް ގިނަ ފަރުވާތަކެއް ދެވިދާނެ
ޒުވާންކަންމަތީ ދެމިހުރުމުގެ އަސާސީ އެކައްޗަކީ ކެއުމަށް ބޭނުންކުރާ ތަކެތި
ބޮލުން އިސްތަށި ފޭބުމުން ދުރުވުމަށް ކެއުމަށް ސަމާލުވުން
ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ވަރަށް މުހިންމު
ބޮލުން އިސްތަށި ފޭބުމުން ދުރުވުމަށް ކެއުމަށް ސަމާލުވުން
އިންސާނާ ރީތިކޮށް ހުރުމާއި އެމީހެއްގެ ކެއުމުގެ އާދަތަކާ ގުޅުމެއްވެ އެވެ. އެއީ މޫނުގެ ހަންގަނޑުގެ ރީތިކަން ނުވަތަ އިސްތަށިގަނޑުގެ ރީތިކަމަށް ވިޔަސްމެ އެވެ. އިސްތަށި ފޭބުމަކީ ގިނަ މީހުންގެ ކަންބޮޑުވުމެކެވެ. އިސްތަށި ފޭބުމާއި ކެވޭ އެއްޗެއްސާ ވަރަށް ބޮޑަށް ވަނީ ގުޅިފަ އެވެ. ގިނައިން ލޮނު ބޭނުންކުރުން ފަދަ ކަންތަކުން އިސްތަށި ފޭބުމަށް ބާރުއަޅަ އެވެ.
ވިޓަމިން އޭ އާއި ޕްރޮޓީން ހިމެނޭ ކާނާ އަކީ އިސްތަށިގަނޑު ވަރުގަދަކުރުމަށް ވަރަށް މުހިއްމު ދެ މާއްދާ އެވެ. އޭގެ ތެރެއިން ވެސް ޕްރޮޓީން އަކީ ވަރަށް މުހިއްމު މާއްދާއެކެވެ. އިސްތަށި ފޭބުމުން ސަލާމަތް ވުމަށް ޕްރޮޓީން ގިނައިން ހިމެނޭ ކާއެއްޗެހި ކަމަށްވާ ބިހާއި ޗީޒާއި ޕީނަޓް ބަޓަރާއި ގްރެއިނީ އަދި ޔޯގަޓާއި، ބަދަން ނުވަތަ ތަފާތު ނަޓްސް ފަދަ މާއްދާތައް ބޭނުން ކުރެވިދާނެ އެވެ.
ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވިޔަސް ބޮލުން އިސްތަށި ފައިބާނެ އެވެ. ވުމާއެކު ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުން ދުރުވުމަށް މަހާއި އޭގެ މެ އާއި ޑިނގާ އާއި ސޯޔާ ބީންސް އާއި ގޮދަނާއި ފެހިކުލަ ގަދަ ތަރުކާރީ ފަދަ އެއްޗެހި ކެއުމުގައި ހިމަނާށެވެ. ވިޓަމިން ސީ ބޭނުން ކުރުމުން ވެސް ހަށިގަނޑުގައި އަޔަންގެ ބައި އިތުރުވެ އެވެ.
އިސްތަށިގަނޑު ދެ ކަފިވެ ބުރިވުން ފަދަ މައްސަލަތައް ވެސް ދިމާވެ އެވެ. އެ މައްސަލައިން ސަލާމަތްވުމަށް ސްލިކާ ކިޔާ މިނަރަލްއެއް ވަރަށް މުހިއްމު ދައުރެއް ކުޅެ އެވެ. ބަދަނުގައި ގިނަ މިންވަރަކަށް ސްލިކާ ހިމެނެ އެވެ. އިސްތަށިގަނޑަށް ދިމާވާ އެފަދަ މައްސަލަތަކުން ސަލާމަތްވުމަށް ސްޓޯބެރީ އާއި ކެބެޖާއި ބޮޑުމިރުސް ބޭނުން ކުރުން ވެސް ރަނގަޅެވެ. ވިޓަމިން އޭ އާއި ސީން ވެސް އިސްތަށި ފޭބުމުން ދުރުކޮށްދެ އެވެ. ބީންސް އާއި ސަންފްލާވާ ސީޑްސް އާއި ނަޓްސް އަދި ފެހިކުލަ ގަދަ ފަތުގައި ވިޓަމިން ބީ ހިމެނެ އެވެ. އަދި ފެހިކުލަ ގަދަ ފަތާއި ނަޓްސް ފަދަ އެއްޗެހީގައި ވިޓަމިން އީ ހިމެނެ އެވެ.
ކެލްސިއަމް އަކީ އިސްތަށިގަނޑު ދިގުވުމުން ނުވަތަ އިތުރަށް އިސްތަށި ފެޅުމަށް މަގުފަހިވާ މާއްދާއެކެވެ. ޗީޒާއި ކިރުގައި ކެލްސިއަމް ހިމެނެ އެވެ. ގެރިމަހާއި ފިޔާ އަދި ލޮނުމެދުގައި ގިނައިން ސަލްފާ ހިމެނެ އެވެ. ހޯދުންތަކުން ދައްކާ ގޮތުން އިސްތަށިގަނޑު ދުޅަހެޔޮކޮށް ހުރުމަށް ސަލްފާ ވެސް ވަރަށް މުހިއްމު ދައުރެއް ކުޅެ އެވެ.
ފޮނިބިސްގަނޑު
ފުރަތަމަ ބިހާއި ހަކުރާއި ކިރު އެއްކޮށް ބީޓަރަކުން ރަނގަޅަށް ގިރާލުމަށްފަހު ފޮނިތޮށި، ކަރަންފޫ. ކާފޫރުތޮޅި
...ތަފްސީލް
ފުރަތަމަ ސަފްހާ
ލިޔުންތައް
މެއިން ޑިޝް
ޑެޒާޓްސް
ސެލަޑް
ސްނެކްސް
ސައިޑް ޑިޝް
ޝޯޓް އީޓްސް
ރިހަ
ދިވެހި ރެސިޕީ
ހެލްދީ
ސޫޕް
ޑްރިންކްސް
މީޓް
ސީފުޑް
ކުޑަކުދިންގެ ރެސިޕީ
އެހެނިހެން
This site requires special fonts to be installed on your PC. Click below to download.
DOWNLOAD FONTS
How to install fonts?
For the best viewing experience, please download the latest version of your browser
1979-2010 Haveeru Daily. All right reserved.
P.O Box 20103, Ameenee Magu, Male' Maldives Tel: (960) 3325671, Fax: (960) 3323103, E-mail: haveeru@haveeru.com.mv