Untitled Document
[haveeruonline home]
އަނބާ، ފިޔާ ކޮއްޓަވާށެވެ. ވިލާތުބަށި ތޮޅި މެއްޓ ތަފްސީލް
އަލަނާސި މަށާފައި ކުދިކުދި އެތިކޮޅަށް ކޮއްޓަވާ ތަފްސީލް
ކަދުރުތައް ދޮވެ، އޮށް ނެގުމަށްފަހު، ފުޑުއްވާށެ ތަފްސީލް
 
 
ބަރަބޯ ޕުޑިންގ
No of recipes 136
Share
ބޭނުންވާ ތަކެތި

2 ބަރަބޯ (ބޮޑަށް ރަނގަޅީ އިންޑިއާ ނުވަތަ ސިލޯނު ބަރަބޮލެވެ. އެއީ އޭގެ ފެން މަދުކަމުންނެވެ. ދިވެހި ބަރަބޮލުގައި ވެސް ހެދޭނެ އެވެ.
2/1 1 ކިލޯ ހަކުރު
2 ޖޯޑު މުގުރި ކެޖޫ ނަޓްސް ނުވަތަ ކަނަމަދު
ފެން
ތައްޔާރުކުރާނެ ގޮތް

ބަރަބޯ މަށާ ދޮވެ ކޮށާށެވެ. 4 އިންޗި ވަރުގެ އެތިއެތި ކޮޅަށެވެ. ދެން ބަރަބޯ ކިރާފައި 2 ގުނައަށް ހަކުރު އަޅާ 2 ޖޯޑުހާ ފެން އަޅައިގެން ކައްކާށެވެ. އިރުއިރުކޮޅުން ހަލަން ޖެހޭނެ އެވެ. ކުޑަކޮށް ތަތްވާން ފެށީމާ ކެޖޫނަޓްސް އަޅާށެވެ. ރަނގަޅަށް ފެން ހިނދި ހަކުރު މަޅުވަން ހެދީމާ ބާލާފައި 1 ސައިސަމުސާ ވެނީލާ އެސެންސް ނުވަތަ 2 މޭޒުމަތީ ސަމުސާ ފިނިފެން އަޅާށެވެ. ހިހޫވީމާ ރީތި ތައްޓަކަށް އަޅާ މައްޗަށް ކުޑަ ހުނިކޮޅެއް ބުރުއްސާލާށެވެ. ބޭނުންނަމަ މިވެސް އެއް ދުވަސް ކުރިން ހެދިދާނެ އެވެ. އެކަމަކު ހުނިކޮޅު ބުރުއްސާލުން ރަނގަޅީ 1 ގަޑިއިރު ކުރިންނެވެ. މި ފޮނި އެތި އައިސްކްރީމާއެކު ވެސް ވަރަށް މީރެވެ.
Rated 2.41/5 (48.24%) (34 Votes)

Connect Facebook to Comment
User comments
mysore
No. of recipes:0
Posted on: 2009-10-13
ސައިސަމުސާ ވެނީލާ އެސެންސް ނުވަތަ 2 މޭޒުމަތީ ސަމުސާ ފިނިފެން . މި ބޭނުން ވާ ތަކެތީގެ ނުހިމެނޭ
Fathimath
No. of recipes:0
Posted on: 2009-09-29
ފޮންތް ކިޔާކަށް ނޭގޭ

 
1979-2010 Haveeru Daily. All right reserved.
P.O Box 20103, Ameenee Magu, Male' Maldives Tel: (960) 3325671, Fax: (960) 3323103, E-mail: haveeru@haveeru.com.mv